ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް 4 ވަނަ ފުޓްސަލް މުބާރާތް 2025 ގައި ބައިވެރިވުމަށް ފުރުސަތު

މި ކައުންސިލްގެ ފަރާތުން އަންހެން/ފިރިހެން 2 ޖިންސްގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތައް ހުޅުވާލައިގެން "ޔުނިޓީކަޕް 4 ވަނަ ފުޓްސަލް މުބާރާތް" ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ހއ. ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބު، ޖަމުޢިއްޔާ، ޖަމާތްތަކާއި، ރަށުގެ އަމިއްލަ ފަރާތްތަކުގެ ނަމުގައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 03 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 20:30 ގައެވެ.

         މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected]   އަށް މެއިލް ކުރައްވާ ނުވަތަ މި އިދާރާއަށް ދުރުވެ 19 ޖޫން 2025  ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން ފޯމު ހުށައެޅުއްވުން އެދެމެވެ.    

         އަދި ޓީމް ލިސްޓު 15 ޖުލައި 2025  ވާ އަންގާރަ ދުވަހުގެ 12:00 ގެކުރިން ދީފައިވާ ފޯމެޓާ އެއްގޮތަށް މަތީގައި ދެންނެވިފައިވާ އީ-މެއިލަށް ނުވަތަ މި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި،މުބާރާތުގެ ގަވާއިދު މި ކައުންސިލާއި މި އިދާރާގެ ވެބްސައިޓް www.baarah.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

27 މޭ 2025
ހޯދާ