ދިވެހިރާއްޖެ
މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުމަށް (21 އޭޕްރީލް 2025) އިޢުލާން ކުރުމުން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ހުށަހަޅާފައިނުވާތީ ދެވަނަ ފަހަރަށް އިޢުލާން ކުރުމަށް
މަސައްކަތް |
މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް |
ބީލަން ހުށެހެޅުމަށް ރަޖިސްޓްރީ ކުރުން |
27 މެއި 2025 އިން 04 ޖޫން 2025 ދެމެދު މި ސްކޫލުގެ އީ. މެއިލް [email protected])) އަށް ފޮނުއްވައިގެން ނުވަތަ މި އިދާރާގެ ފޯން: 6842095 އަށް ގުޅުއްވައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި 6842092 ނުވަތަ 6842095 އަށް ގުޅުއްވުން އެދެމެވެ. |
ޕްރީ ބިޑް މީޓިންގ ގެ މަޢުލޫމާތު |
ގަޑި: 13:30 ތާރީޚް: 01 ޖޫން 2025 (އާދީއްތަ) ތަން: ތަން: އަބޫބަކުރު ސްކޫލް |
އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ސުންގަޑި |
އަންދ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 13:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެއެވެ. |
ޝަރުތު |
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ. |
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވާ މެއިލްގައި ތިރީގައިވާ ހުރިހާ މައުލޫމާތެއް ހިމަނަންވާނެއެވެ. މި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން އީމެއިލް ބަލައިނުގަނެވޭނެއެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ/އަމިއްލަ ފަރާތުގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
މަތީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަނެއް"ގެ ގޮތުން މި ސްކޫލުން އީމެއިލް ކުރާނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑެރެހަށް އީމެއިލް ފޮނުއްވުން އެދެމެވެ.
އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ
އީ-މެއިލް: [email protected]
27 މެއި 2025