މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީޓާމިނަލްގެ ބައެއް ވަގުތީ ކެންޓީން ހެދުމަށް ކުއްޔައްދޫކުރުން

 ބަރަކާތްތެރިއަޟްޙާއީދާއި ގުޅިގެން ރަށުންބޭރުން ގިނަބަޔަކު ރަށަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭތީ ޙިދުމަތްތައް ރަނގަޅުކުރުމުގެގޮތުން  މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ފެރީޓާމިނަލްގެ ބައެއް ވަގުތީ ކެންޓީން ހެދުމަށް ކުއްޔައްދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ .

 ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު ދޫކުރާ އަގުހުށަހަޅާފޯމުން އަގުހުށައެޅުންވުން އެދެމެވެ.

ޕްރޮޖެކްޓްގައި ރަޖިސްޓްރީވުން:

މި ޕްރޮޖެކްޓް ގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 27 މެއި 2025 އިން 29 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ  12:00 ކުރިން މިއިދާރާއަށް ގުޅާ ނުވަތަ ލިންކް މެދުވެރިކޮށް  ރަޖިސްޓްރީވުމަށްދަންނަވަމެވެ.

ލިންކް: https://forms.gle/bZnB7QHaKJQS7wg97

 

 މަޢުލޫމާތު ދިނުން

މި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 28 މެއި 2025 ވާ ( ބުދަ ) ދުވަހުގެ 13:00 ގައި، ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި އަގުހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި އަގުހުށަހަޅާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. އަގުހުށަހެޅުމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ [email protected]  އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540047 ނުވަތަ 7422223 ނަމްބަރާއެވެ.

 

  އަންދާސީ އަގު ހުށަހެޅުން

އަގު ހުށަހެޅުން އޮންނާނީ 01 ޖޫން 2025 ވާ ( އާދިއްތަ ) ދުވަހުގެ 12:00 ގައި ބިލެތްފަހީ ކައުންސިލް އިދާރާގައެވެ. އަގު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަގުފޯރމް ތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ފޯރމް ތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ފޯރމްތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަގުތައްވެސް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މި ޕްރޮޖެކްޓްގައި ބައިވެރި ވަޑައިގެންނެވޭނީ ޤާނޫނު ނަންބަރު 96/10" ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު 2007/3" ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު"، ޤާނޫނު ނަންބަރު 2011/13 "ޕާޓްނަރޝިޕްގެ ޤާނޫނު"، ޤާނޫނު ނަންބަރު 2013/6" ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު"، ޤާނޫނު ނަމްބަރު 2014/18" ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު" އަދި ޤާނޫނު ނަމްބަރު 2014/19" އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ރަށުގައި މިފަދަ މަސައްކަތްކުރެވޭނެފަދަޤާބިލުފަރާތްތަކުން ހުށަހަޅާ އަގު ފޯރމްތައްވެސް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ .

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.

27 މޭ 2025
ހޯދާ