ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ހިނގަން އުނދަގޫވާ ގޮތަށް ހުރި ގަސްތައް ކޮށުމާގުޅޭ

މިވަގުތު ރަށު ބައެއް ގެތަކުގެ ގޯތި ތެރޭގައި ހައްދާފައިވާ ގަސްތަކުގެ ގޮފިތައް ދުއްވާތަކެއްޗަށާއި މަގުހިނގާ މީހުންނައް ދަތިވާގޮތަށް ހުރިކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. ވީމާ، ހިނގާމީހުންނާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް ގޯތިތަކުގައި މަގަށްވާގޮތައް ހެއްދިފައިވާ ގަސްތަކުގެ އަފިތައް ބިމުން ފެށިގެން 10 ފޫޓް އުސްމިނަށް ކޮށުމަށްދަންނަވަމެވެ. މީގެއިތުރުން މަގުބައްތިތަކުގެ އަލި އެކަށީގެންވާ ގޮތުގައި މަގަށް ނުލިބޭގޮތައް ހުރިގަސްތަކުގެ ވެރިންވެސް ބައްތިތަކުގެ އަލި ރަނގަޅަށް މަގަށް ފޯރާނޭހެން ގަސްތައް ކޮށުމަށް ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

27 މޭ 2025
ހޯދާ