މަޤާމު
|
ކޭޝިއަރ
|
ބޭނުންވާ އަދަދު
|
01
|
މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: ޖީ އެސް 3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ގއ.ކޮލަމާފުށީ ޞިއްޙީމަރުކަޒު
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޚިދުމަތުގެ އަގުނެގުމަށް ހަމަޖެހިފައިވާ ހުރިހާ ޚިދުމަތަކަށް އަގުނަގައި، ސަރުކާރުގެ ފައިސާ ގެންގުޅެ ބެލެހެއްޓުމާބެހޭ ގަވާއިދާ އެއްގޮތަށް ފައިސާގެ އެންމެހައި މުޢާމަލާތުކުރުން.
- ނީލަން ކިޔައިގެން ލިބޭ ފައިސާއާއި މިފަދަ އެންމެހައި ފައިސާއެއް ބަލައިގަތުމާއި ރައްކާކޮށް ބެލެހެއްޓުމާއި، ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުމާއި ދުވަހުން ދުވަހަށް ލިބޭ ފައިސާ ޖަމާކުރުމަށް ހޮސްޕިޓަލާއި ހަވާލުކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
- އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތް ފައިނޭންސް، އިކޮނޮމިކުސް، މެތަމެޓިކްސް، ސްޓެޓިސްޓިކް، އެކައުންޓިނގ ތެކްނީޝަން (ސީއޭޓީ)، ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތް ފައިނޭންސް، އިކޮނޮމިކުސް، މެތަމެޓިކްސް، ސްޓެޓިސްޓިކް، އެކައުންޓިނގ ތެކްނީޝަން (ސީއޭޓީ)،ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑ' ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
އިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ގއ.އަތޮޅު ހޮސްޕިޓަލް ކައުންޓަރުންނާއި، ގއ.ކޮލަމާފުށީ ސިއްޙިމަރުކަޒުން ލިބެން ހުނާނެއެވެ. އަދި މިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
14 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ގއ.އަތޮޅު ހޮސްޕިޓަލް ނުވަތަ ގއ.ކޮލަމާފުށީ ޞިއްޙީ މަރުކަޒު އަށް ހުށަހެޅުއްވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6820048، 6820070 އެވެ.
|