ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތް

އިޢުލާން

 

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތް

 

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަކީ ތެދުވެރިކަމާއި ހާމަކަންބޮޑު ގޮތެއްގައި ނުރަނގަޅު ކަންކަމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ މިނިވަން ޔުނިޓެއްކަން ރަމްޒުކޮށްދޭފަދަ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލަމެވެ. އެގޮތުން މި މުބާރާތަށް ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅު ލޯގޯ މިއަހަރުގެ ވިސުލްބްލޯވަރ ދުވަސް ކަމުގައިވާ 23 ޖޫން 2025 ގައި ލޯންޗް ކުރިވިގެންދާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން 15 ޖޫން 2025ގެ ނިޔަލަށް އާންމު އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައިވެއެވެ. މި މުބާރާތަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް، މުބާރާތުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ އެންމެހާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

27 މޭ 2025
ހޯދާ