މަޤާމު
|
ރިސެޕްޝަނިސްޓް
|
ބޭނުންވާ އަދަދު
|
01
|
މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: ޖީ އެސް 3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ގއ.ދެއްވަދޫ ޞިއްޙީ މަރުކަޒު
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ސިއްޙީމަރުކަޒަށް ޚިދުމަތްހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، މެމޯ ހައްދައިދިނުމާއި، ރިސެޕްޝަނުގައި ކުރަންޖެހޭ އާސަންދައިގެ އެންމެހައި މަސައްކަތްކުރުން. ތަރުޖަމާނަކު ނެތްނަމަ، ޑޮކްޓަރ ކޮޓަރީގައި ބަލިމީހުން ބެލުމަށް އެހީތެރިވެދިނުމާއި، ބަލިމީހުނަށް ދޫކުރާ ލިޔުންތަކުގެ ތެރެއިން ރިފަރަލް، މެޑިކޯ ލީގަލްފަދަ ލިޔުންތައް ތައްޔާރުކުރުން.
- ރެޖިސްޓްރޭޝަންގެ ހުރިހައި މަސައްކަތެއް ކުރުމުގައި އެހީތެރިވެދިނުން.
- އޯ.ޕީ.ޑީ. އިންވެންޓްރީ ބެލެހެއްޓުމާއި، ކައުންޓަރަށް ލިބޭ ފައިސާ ބަލައިގަނެ، ކަމާގުޅޭ މުވައްޒަފުންނަށް ހަވާލުކުރުން.
- ޞިއްޙީ މަރުކަޒަށް ޚިދުމަތްހޯދުމަށް ފޯނުން ނުވަތަ އެހެންގޮތަކުންވެސް މުޢާމަލާތުކުރާ ފަރާތްތަކަށް އަދަބުވެރިކަމާއެކު މުޢާމަލާތް ކުރުމާއި، އެހީތެރިވުމާއި، ކަންކަންއޮންނަ ރަނގަޅުގޮތް ސާފުކޮށް ބުނެދިނުން.
- މީގެ އިތުރުންވެސް، ޞިއްޙީ މަރުކަޒުން އަންގާ، ޞިއްޙީ މަރުކަޒުގެ ރަސްމީ މަސައްކަތްކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ޖާރނަލިޒަމް، ޕަބްލިކް ރިލޭސަން ފޮރިން ރިލޭޝަން، އިންފޮމޭސަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމެންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭސަން ފޮރިން ރިލޭޝަން، އިންފޮމޭސަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމެންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލްސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
އިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ގއ.އަތޮޅު ހޮސްޕިޓަލް ކައުންޓަރުންނާއި، ގއ.ދެއްވަދޫ ޞިއްޙީމަރުކަޒުން ލިބެން ހުނާނެއެވެ. އަދި މިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
14 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ގއ.ދެއްވަދޫ ސިއްޙީ މަރުކަޒު އަށް ހުށަހެޅުއްވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6824658، 6820070 އެވެ.
|