އިޢުލާނު
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމު
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ބޭނުންވާ އަދަދު
|
01
|
މަޤާމް ނަންބަރ
|
J-401433
|
މަޤާމުގެ ރޭންކު:
|
MS 2
|
ޕަބްލިކް ސަރވިސް ރޭންކް
|
(ސީނިއަރ އޮފިސަރ ގްރޭޑް 2)
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ގއ.އަތޮޅު ތައުލީމީ މަރުކަޒު / ގއ.ވިލިނގިލި
|
މުސާރަ:
|
6295/-
|
ސަރވިސް އެލަވަންސް:
|
2000/-
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯ އެލަވަންސް 900/-
- ސްޕެޝަލް ޑިއުޓީ އެލަވަންސް: -/2203.25 (މުވައްޒަފަށް ލިބޭ މުސާރައިގެ %35.00)
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މާލީ ހިސާބް ތައްޔާރުކުރުމާއި، އަދި މާލީ ހިސާބާއެކީ ފޮނުވަންޖެހޭ އަހަރީ ރިޕޯޓް ތައްޔާރުކޮށް، ކަމާއިބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފުނުވުން.
- ބަޖެޓުން ކުރެވޭ ޚަރަދުތައް ބާކީކޮށް ރިޕޯޓް ތައްޔާރުކުރުމާއި، އެކައުންޓް ރީކޮންސިލްކޮށް ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށާއި އޮޑިޓް އޮފީހަށް ފޮނުވުން.
- މަރުކަޒުން ކުރެވޭ ޚަރަދުތައް ކުރަނީ ޤަވާޢިދާއި އެއްގޮތަށްތޯ ބަލައި، ބިލްތަކަށް ފައިސާދެއްކުމުގެކުރިން ހަމަކުރަންޖެހޭ ލިޔެކިޔުންތައް ހަމަތޯބަލައި ބިލްތަކަށް ފައިސާ ދެއްވުން
- މުވައްޒަފުންގެ މުސާރަ ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާރިޕޯޓް ތައް ތައްޔާރުކޮށް މުސާރަ ހަދައި ފޮނުވަންޖެހޭ މުއްދަތުގައި މިނިސްޓްރީއަށް ފޮނުވުން.
- ސްކޫލުގައި ބާއްވާ އޯލެވެލް އަދި އޭލެވެލް އިމްތިޙާންތަކުގެ އެންމެހާ މަސައްކަތް ކުރުން.
- ޕީ. އެސް. އައި. ޕީ ގައި ނުހިމެނޭ ކެޕިޓަލް ހޯދުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
- މަރުކަޒުގެ ޚަރަދަށް ބޭނުންވާ ފައިސާހޯދުމަށް ކޮންމެ 3 މަހުން 3 މަހުން ވައުޗަރ ތައްޔާރުކޮށް ކަނޑައެޅިފައިވާ ދުވަހަށް ފޮނުވުން.
- ބަޖެޓް ބާކީ ބެލެހެއްޓުމާއި، ބަޖެޓް ކޮންޓްރޯލް ތައްޔާރުކޮށް ޚަރަދުކުރެވޭ ކޯޑްތަކަށް ފައިސާއިތުރުކުރުމަށް ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފުނުވުން.
- މަރުކަޒަށް ބޭނުންވާ ކެޕިޓަލްތަކެތި ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ހުއްދަހޯދުމަށް ފޮނުވުމާއި އަދި ހުއްދަލިބުމުން ފައިސާހޯދުމަށް ލިޔެކިޔުންތައް ހަމަކޮށް މިނިސްޓްރީއަށް ފޮނުވުން.
- ސްކޫލަށް ކުދިން ވެއްދުމާއި ކެނޑުމާއި ގުޅުންހުރި އެންމެހާ ކަންތައްތައް ކޮށް މެއިން ރަޖިސްޓްރީ އަދާހަމަކޮށް ބެލެހެއްޓުން.
- ކްލާސް ލިސްޓް ތައްޔާރުކޮށް ލީޑިންގ ޓީޗަރުންނާއި ޙަވާލުކުރުމުގެ މަސައްކަތްކުރުން.
- ކޯޑާޓާ އަދި ޓެންޕްލަސްގެ އެންމެހާ ކަންތައް ބެލެހެއްޓުން.
- ލީވިން ސެޓްފިކެޓާއި ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން.
- ކިޔަވައި ދިނުމާއި ގުޅުން ހުރި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް، ކަމާއި ގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާއާއި އެކު ކުރުން.
- ސްކޫލްގެ ބައްދަލްވުންތަކާއި، ސްކޫލް ތަމްސީލުކުރުމަށް ބައިވެރި ވާންޖެހޭ އެންމެހައި ބައްދަލުވުން ތަކަށް ގަޑިއަށް ޙާޟިރު ވުމާއި ބައިވެރިވުން. އަދި ސްކޫލުން ހިންގާ އިތުރު ޙަރަކާތްތަކުގައި ސްކޫލުން އަންގާގޮތެއްގެ މަތިން ބައިވެރިވެ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޑްމިނިސްޓްރޭޝަން
- ބިޒިނަސް އެޑްމިނިސްޓްރޭޝަން
- ބިޒިނަސް މެނޭޖްމެންޓް
- މެނޭޖްމެންޓް
ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
|
ޕްރިފަރޑް ޑިސިޕްލިން:
- ބިޒިނަސް އެޑްމިނިސްޓްރޭޝަން
- ބިޒިނަސް މެނޭޖްމެންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
ކޯ ޑިސިޕްލިން:
ނެތް
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުތު ހަމަވުން
|
30%
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5%
|
ކޯ ނުވަތަ ޕްރިފާޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް
|
5%
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5%
|
އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)
|
20%
|
އިންޓަރވިއު
|
35%
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ޖޫން 2025ވާ ހޯމަ ދުވަހުގެ 13:40 ގެ ކުރިން، ގއ.އަތޮޅު ތައުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އެސެސްމަންޓް އަދި އިންޓަރވިއު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ،ޕްރެކްޓިކަލް އޮންނާނީ، 10 ޖޫން 2025 އާއި 12 ޖޫން 2025 އާއި ދެމެދު، ގއ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820029 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|