މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު
|
01 ( އެކެއް )
|
މަގާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ރޭންކް: ޖީ އެސް 3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ޑިވިޝަން / ސެކްޝަން
|
އެޑްމިނިސްޓްރޭޓިވް ސެކްޝަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހއ. އުތީމު ޞިއްޙީމަރުކަޒު / ހއ އުތީމު
|
އާންމުގޮތެއްގައިމަސައްކަތް ކުރަންޖެހޭތަން
|
ހއ އުތީމު ޞިއްޙީމަރުކަޒު
|
ކުރަންޖެހޭމައިގަނޑު މަސައްކަތްތައް
|
- ރަސްމީގަޑީގައި އަދި އެނޫންވެސް ގަޑި ތަކުގައި ޞިއްޙީމަރުކަޒު ހުޅުވަންޖެހިއްޖެނަމަ ހުޅުވައި ލެއްޕުމާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީ އަދި ހާޒިރީ ރިޕޯޓު ގަވާއިދުން ބެލެހެއްޓުން އަދި މަރުކަޒުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
- އަތޮޅު ތެރެއާއި އެނޫންވެސް ޞިއްޙީ ހިދުމަތްދޭ ތަންތަނަށް އިދާރީގޮތުން އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަދި ފޯނުން އެކަންކަމުގެ މަޢުލޫމާތުތައްކަމާގުޅޭ ފަރާތްތަކާ ގުޅައިގެން ހޯދައި، ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން
- ބިދޭސީ މުވައްޒަފުންގެ ޗުއްޓީ ރެކޯރޑްސް ބެލެހެއްޓުމާއި، މަޢުލޫމާތުތައް އަޕްޑޭޓް ކުރުން.
- މުވައްޒަފުންގެ މުސާރަދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި، އެމަސައްކަތް ބެލެހެއްޓުން އަދި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން
- ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް ރިނިއުކުރުމަށް ބޭނުންވާ ހުރިހާ ކަމެއް އަދި ޗުއްޓީގެ އެންމެހާ މަސައްކަތްތަކެއް ބެލެހެއްޓުން.
- މަހުންމަހަށް ހޮސްޕިޓަލަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ފޮނުވުން
- މަރުކަޒަށް ލިބޭ އަދި ފޮނުވޭ އެންމެހައި ލިޔެކިއުންތައް ބެލެހެއްޓުން
- މަރުކަޒުގެ އިމާރާތާއި ފަރުނީޗަރ އަދި ގޯތިތެރެ ސާފުކުރުވައި ބެލެހެއްޓުމާއެކު އިންވެންޓްރީ ބެލެހެއްޓުން
- މަރުކަޒުގެ ހިންގުމާ ހަވާލުވަން ޖެހިއްޖެ ހާލަތެއްގައި ހިންގުމާ ހަވާލުވުން
|
ތަޢުލީމާއި، ތަޖުރިބާ
|
- 1.ހިއުމަންރިސޯސް މެނޭޖްމަންޓް، ޙެލްތު ސަރވިސްމެނޭޖްމަންޓް، މެނޭޖްމަންޓް ،ބިޒްނަސް މެނޭޖްމަންޓް، އެމްޕުލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކޮނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖަކްޓް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ހިއުމަންރިސޯސް މެނޭޖްމަންޓް، ޙެލްތު ސަރވިސްމެނޭޖްމަންޓް، މެނޭޖްމަންޓް ،ބިޒްނަސް މެނޭޖްމަންޓް، އެމްޕުލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކޮނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖަކްޓް މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑްލިބިފައިވުމާއެކު އޭގެ އިތުރުން ސެކެންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
އިނާޔަތްތައް
|
ސިވިލްސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތު ފައިސާ އާއި ރިސްކް އެލަވަންސްލިބިލައްވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު، (މިފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މޮޅަދޫ ޞިއްޙީމަރުކަޒުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭފަރާތައް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- މަސައްކަތުގެ ތަޖުރިބާ ދެނަގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސީވީ)
|
ސުންގަޑި
|
މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް ހއ. އުތީމު ޞިއްޙީމަރުކަޒަށް ހުށަހަޅުއްވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮކްޓޫބަރު މަހުގެ ތެރޭގައި ހއ އުތީމު ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6500568 އެވެ. އަދި ވަޒީފާއަށް އެދޭ ފޯމު ސިވިލްސަރވިސްގެ www.csc.gov.mvވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި އުތީމު ޞިއްޙީމަރުކަޒުންވެސް ލިބެން ހުންނާނެއެވެ.
|