ދިވެހިރާއްޖެ
މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ކޮމްޕިއުޓަރާއި ފަރުނީޗަރު ފަދަ ތަކެތި 04 ޖޫން 2025 ވާ ބުދަ ދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. |
|
ނީލަން އޮންނަ ތަން: |
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ މއ.އުތުރުވެހި/ 5 ވަނަ ފަންގިފިލާ ކެނެރީ މަގު/ ކ.މާލެ
|
މުދާ ބެލޭނެ އިންތިޒާމް |
ނީލަމުގައި ވިއްކާ މުދާ ބެލޭނެ އިންތިޒާމް04 ޖޫން 2025 ވާ ބުދަ ދުވަހު 15:30 ގައި އޮންނާނެއެވެ. |
ނީލަން ގަޑި: |
16:00 (04 ޖޫން 2025 ވާ ބުދަ ދުވަހު) |
ފައިސާ ދެއްކުން: |
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެމުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދައްކަންވާނެއެވެ. |
މުދާ ގެންދިއުން: |
ނީލަމުން ނަގާ މުދާ، ޖެހިގެން އަންނަ މަސައްކަތު ދުވަހުގެ 15:00 ގެ ކުރިން އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާނުލާ ނައްތާލެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
- ނީލަން ލިސްޓްގައި ނަން ނޯޓުނުކުރާ ފަރާތްތަކަށް، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. - މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު (ލިސްޓް 1) އެއްކަރުދާސް ކުރެވިފައިވާނެއެވެ. - ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. - މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެމެވެ. |