ދިވެހިރާއްޖެ
މިރަށަށް އެކި އެކި ދާއިރާތަކުން ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް
ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރ. އިނގުރައިދޫ ކައުންސިލުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ
" ދަ ލޭންޑް އޮފް ކާރޕެންޓާރސް އެވޯޑް " މި ނަމުގައި އެވޯޑެއް ދިނުމުގެ ޚާއްޞަ ހަފުލާއެއް
19 ޖުލައި 2025 ވާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑް ޙައްޤުވާ ފަރާތްތައް
ކަނޑައަޅާނީ މިކަމަށް ހެދިފައިވާ އުސޫލުގެ ދަށުން މިކަމަށް އައްޔަނުކުރާ ޚާއްޞަ ކޮމިޓީއަކުންނެވެ. މި އެވޯޑް
ދިނުމުގައި އަމަލުކުރާނެ އުޞޫލު މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ. ވީމާ، މި އުޞޫލަށް
އެއްވެސް ޚިޔާލެއް ދިނުމަށް ބޭނުންވާ ފަރާތްތަކުން 26 މެއި އިން 29 މެއި 2025 ބުރާސްފަތި ދުވަހުގެ
14:00 ގެ ކުރިން 7600280 ނަންބަރަށް ވައިބަރ މެދުވެރިކޮށް ނުވަތަ ތިރީގައި އެވާ ލިންކު މެދުވެރިކުރައްވާ
ޚިޔާލު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580028 ނަންބަރާއި ގުޅުއްވުންއެދެމެވެ.
ފޯމް ލިންކު: https://forms.gle/qE94wDCcXLRdpgvx9
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
28 ޛުލްޤަޢިދާ 1446