ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް
މާލެ، ދިވެހިރާއްޖެ
އިއުލާން ނަމްބަރު: (IUL)475/475/2025/97
އިއުލާން
" ސްޓޫޑަންޓް މެނޭޖްމަންޓް ސޮފްޓްވެއަރ ގަތުމާއި ސޮފްޓްވެއަރ އިންޓެގްރޭޝަންގެ މަސައްކަތްކުރުމަށް ބޭނުންވެއްޖެ"
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކަށް ސްޓޫޑަންޓް މެނޭޖްމަންޓް ސޮފްޓްވެއަރ ގަތުމާއި ސޮފްޓްވެއަރ އިންޓެގްރޭޝަންގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)475/475/2025/87 ނަންބަރު އިއުލާނަށް އަންދާސީ ހިސާބު ލިބިފައިވަނީ އެންމެ ފަރާތަކުންކަމުގައިވާތީ އެ އިއުލާން ބާތިލުކޮށް މޯލްޑިވްސް ޕޮލިޓެކްނިކަށް ސްޓޫޑަންޓް މެނޭޖްމަންޓް ސޮފްޓްވެއަރ ގަތުމާއި ސޮފްޓްވެއަރ އިންޓެގްރޭޝަންގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިލުލާންކުރަމެވެ.
މައުލޫމާތު ސާފުކުރުން:
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް:
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓްގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް[email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 ޖޫން 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ފަސްވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ރިކުއެސްޓް ފޯ ކޯޓޭޝަންގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:
މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.
ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް
އުމަރު ޒާހިރު އޮފީސް ބިލްޑިންގ،5 ވަނަ ފަންގިފިލާ
އޯކިޑްމާ ހިނގުން، މާލެ ސިޓީ، ހުޅުމާލެ
އީމެއިލް : [email protected]
ފޯން: 3026975/3026982