ދިވެހިރާއްޖެ
ގދ. ފިޔޯރީ ހުވަދުމާގެ ގޯއްޗާއި އިންވެގެން އިރަށް އޮތް ބިން ވިޔަފާރި އުސޫލުން ކައުންސިލުން ވަނީ އިހެލި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައެވެ. އެހެންކަމުން މި ބިމުގައި ހުރި އެންމެހާ ރުއްގަހުގައި މިއިދާރައިން ވަނީ ނޫ ކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިއެވެ.
ސަރަޙައްދު |
ޖެހިފައިވާ ނަންބަރުތަކުގެ ތަފްސީލު |
|
ހުވަދުމާ ގޯއްޗާއި އިންވެގެން އިރަށް އޮތް ބިން |
ރުއް |
1 އިން 14 އަށް |
ގަސް |
1 އިން 4 |
ވީމާ، މިބިމުގައި ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތުން އެ ބޭފުޅެއްގެ ރުއްގަހުގެ ނަންބަރު އެގޭނެހެން 02 ޖޫން 2025 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މި އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ރުއްގަހަށް ބަދަލުދެވޭނީ ޤާނޫން ނަންބަރު 98/21 ގައިވާއެއްގޮތަށް މި އިދާރާގެ ރުއްގަހުގެ ރަޖިސްޓްރީ ކުރެވިފައިވާ ނުވަތަ މިލްކުވެރިކަން ސާބިތުކުރެވިފައިވާ ލިޔުން ހުށައެޅިފައިވާ ފަރާތްތަކަށެވެ.