ވަޒީފާގެ ފުރުޞަތު
|
މަގާމު:
ބޭނުންވާ ޢަދަދު:
މަގާމުގެ ބާވަތް:
މަގާމުގެ ރޭންކް:
ސެކްޝަން / ޔުނިޓް:
އޮފީސް:
ވަޒީފާ އަދާކުރަންޖެހޭ ތަން:
މުސާރަ:
ސަރވިސް އެލަވަންސް:
ސްޕެޝަލް ޑިއުޓީ އެލަވަންސް
އިތުރު އިނާޔަތްތައް:
|
ޑިވެލޮޕްމަންޓް އެންޑް ރިޒީލިއަންސް އޮފިސަރ / JN-032
1 (އެކެއް)
ދާއިމީ
DMT2-1
ޕްރޮގްރާމް ރިސާރޗް އެންޑް އެޑްވޮކަސީ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
މަހަކު -/7495 ރުފިޔާ
މަހަކު -/2998 ރުފިޔާ
މަހަކު 3372/75 ރުފިޔާ
1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތަތް ކުރުމާއި، އިމަރޖެންސީ އޮޕަރޭޝަން މަސައްކަތްތައް ކުރުމުގައި އީ.އޯ.ސީގެ ޑިއުޓީ އޮންކޯލް ޓޭބަލްއާއި އެއްގޮތަށް ހަފްތާގައި ފޯނުލޮގްކޮށް ބެލެހެއްޓުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ މިއޮތޯރިޓީން އަވަހަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- ކާރިސާގެ ނުރައްކާތެރިކަންއޮތް މިންވަރު ދެނެގަތުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމާއި (ރިސްކް އެސެސްމަންޓް އެންޑް އެނަލިސިސް)، ކާރިސާގެ މަސައްކަތްތަކާ ގުޅޭގޮތުން ބައިނަލް އަގްވާމީ ފެންވަރުގައި ހެދިފައިވާ ފްރޭމްވޯކްތަކުގައިވާ މަސައްކަތްތައް ހާސިލު ކުރުމަށް ކަމާގުޅުންހުރި ދާއިރާތަކާއެކު މަސައްކަތް ކުރުމާއި ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުން.
- މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަދާ އެންވަޔަރްމަންޓް އިމްޕެކްޓް އެސެސްމެންޓްތަކަށް ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ ދާއިރާއިން ދޭންޖެހޭ ފަންނީ ލަފާ އަދި އެހީތެރިކަން ދިނުން.
- ރަށުފެންވަރުގެ ކާރިސާތަކަށް ތައްޔާރުވުމާއި މީހުން ހޭލުންތެރިކުރުވުމާށާއި، ކާރިސާތަކުން ލިބޭގެއްލުންތައް ކުޑަ ކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް އެކުލަވާ ލާ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުން.
- ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމަށާއި ތައްޔާރުކަން އިތުރު ކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި އެހެން އިދާރާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާ އެކު މަސައްކަތް ކުރުން އަދި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ހިންގޭ އެކި އެކި ޕްރޮޖެކްސްތައް ހިންގުންމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތަކާއި ޕްރޮގްރާމްތައް ރާވައި ކުރިއަށްގެންދިއުމާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި އަދި އެކަމާބެހޭ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އެއްބާރުލުން ލިއްބައިދޭ ނިޒާމުތައް ޤާއިމުކުރުން؛ އަދި ކާރިސާއެއްގެ ވަގުތުގައި ފުރަތަމަ ޙަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
|
މަގާމުގެ ޝަރުތުތައް:
|
- މަސައްކަތާ ގުޅުންހުރި ދާއިރާ އަކުން (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ހިއުމަން ސެކިއުރިޓީ، ސޯޝަލް ސަރވިސަސް، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް،) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާއަ ލިބިފައިވާ މިންވަރު %45
- ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މަގާމުތަކަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 03 ޖޫން 2025 އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓް ކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17–22 ޖޫން 2025 އާ ދެމެދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|