ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އިޢުލާނު

މި ޑިޕާޓްމަންޓުން ފޯރުކޮށްދޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ފަސޭހަ ކުރުމަށްޓަކައި، 2025 މެއި 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން، މި ޑިޕާޓްމަންޓުން ޑިވެލޮޕް ކޮށްފައިވާ ޕަބްލިކް ޕޯޓަލް ކަމަށްވާ records.judiciary.gov.mv އިން އީފާސް މެދުވެރިކޮށް މި ޚިދުމަތް ފޯރުކޮށްދޭން ވަނީ ފެށިފައެވެ.

އަދި ދަންނަވަމެވެ. ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް މިހާރު ބޭނުންކުރާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން ހުށަހަޅާ ހުށަހެޅުންތައް 2025 ޖޫން 01 ވަނަ ދުވަހުން ފެށިގެން ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

އެހެންނަމަވެސް، ދައުލަތުގެ އޮފީސްތަކުންނާއި، ދައުލަތް ޙިއްޞާވާ ކުންފުނި ތަކުން ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ލިސްޓްތަކާއި، ފޯމުތައް ބަލައިގަންނާނީ، ކުރިއެކޭވެސް އެއްފަދައިން، އެ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާއެކު ރެކޯޑު ސާފުކުރުމަށް ބޭނުންވާ ލިޔުންތަކާއެކު ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން ކަމުގައި ދެންނެވީމެވެ.

ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމާ ގުޅޭގޮތުން 08 މެއި 2025 ގައި މި ޑިޕާޓްމަންޓްއިން ކޮށްފައިވާ ނަންބަރު 198-G/2025/35 (08 މެއި 2025) ޢިއުލާން މިއަދުން ފެށިގެން ބާޠިލްކުރެވިފައިވާކަން ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

26 މޭ 2025
ހޯދާ