މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިޒްނަސް ޑެވެލޮޕްމަންޓް އޮފިސަރ

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމުކުރެވޭ ބިޒްނަސް ސެންޓަރަށް (ބީ.ސީ) ތިރީގައި މި ދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

އައްޑޫ ސިޓީ ބީ.ސީ އަށް

01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

މި މަޤާމަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ބީ.ޑީ.އެސް.ސީ ޤާއިމްކުރާ ރަށުގައެވެ. އަދި މާލޭގައި ނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައެވެ. މިނިސްޓްރީއަށް މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއެކު މިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން، 14 ސެޕްޓެންބަރު 2015 ގެ 14:00 ގެކުރިން،ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުންއެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ސިޓީ ހުށަހަޅާއިރު އެދިލައްވަނީ ކޮން ސެންޓަރއެއްގެ މަޤާމަކަށް ކަން އެނގޭގޮތަށް ބަޔާން ކުރެއްވުން އެދެމެވެ.

މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.  ސިޓީއުރައިގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރގެ ވަޒީފާއަށް އެދި' މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވަޒީފާއާ ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު:  3333152, 3333196 (960)+

އީމެއިލް: [email protected]

‏17‏ ޛުލްޤަޢިދާ‏ 1436

31 އޮގަސްޓް 2015
ހޯދާ