އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތު

މަސައްކަތު މީހާ

ޝަރުޠު:

  • ރަނގަޅު ޞިއްޙަތެއްގައި ހުރި މީހަކަށްވުން
  • ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މުވައްޒަފުންނަށާއި ކުންފުނީގެ ޖަލްސާ އަދި އެހެނިހެން ބައްދަލުުވުން ތަކަށް ސައި ތައްޔާރުކުރުން
  • ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން
  • ޖަލްސާ ބާއްވާ ކޮޓަރި އަދި އިސްވެރިންގެ ކެބިން ސާފުކޮށް ބެލެހެއްޓުން
  • ސާފުކުރުމާ ގުޅޭ އެހެނިހެން މަސައްކަތް ކުރުން

މުސާރަ އާއި އިނާޔަތްތަށް:

  • މުސާރަ އެލަވަންސްތަކާ އެކު -/7,320 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް

ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2015 ގެ 14:30 ކުރިން ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ރިސެޕްޝަނުންނާއި ވެބްސައިޓްއިން ލިބޭނެ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވުން ނުވަތަ އީމެއިލް ކުރެއްވުންއެދެމެވެ.

މަޢުލޫމާތު ފުރިހަމަނުވެ ހުންނަ އެޕްލިކޭޝަނާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް،

ފެން ބިލްޑިންގ 2 ވަނަ ފަންގިފިލާ، މާލެ - 20375

ފޯން: 3341001 / ފެކްސް: 3325035

ވެބްސައިޓް: www.allied.mv

އީމެއިލް: [email protected]

02 ސެޕްޓެންބަރު 2015
ހޯދާ