ދިވެހިރާއްޖެ
ބ.އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކަށް އެޗް.އާރު ސޮފްޓްވެއަރއެއްފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ބ. އަތޮޅު ކައުންސިލްގެ އިދާރާއާއި ބ.އަތޮޅުގެ 13 ރަށު ކައުންސިލްތަކަށް ބޭނުންވާ އެޗް.އާރު ސޮފްޓްވެއަރ ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2025/16 (04 މާރިޗު 2025) އިއުލާނާއި ގުޅިގެން މަސައްކަތުގެ މަޢުލޫމާތު ކަރުދާހަށް ގެންނަންޖެހުނު ބަދަލަކާއި ގުޅިގެން މިމަސައްކަތް ކުރުމަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައި މިދަންނަވާ ލިންކު މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 12 ޖޫން 2025 ބުރާސްފަތި ދުވަހުގެ 11.00 ގައި މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ލިންކް: https://forms.office.com/r/wEp0wxvaTX
ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:
1- ބީލަން ހުށަހަޅާ ފަރާތްތަކުން ފްރޮޕޯސަލް ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލެވުމަށް ސަމާލުކަން ދޭންވާނެއެވެ.
2- ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
3- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
4- ބީލަން/ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޒޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.
5- މި ބީލަމާއިގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 01 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.
6- ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 12 ޖޫން 2025 ބުރާސްފަތި ދުވަހުގެ 11:05 ގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.
28 ޛުލްޤްޢިދާ 1446