ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢީދު ޝޯވ ބާއްވާ ސްޓޭޖުގެ ސައުންޑް އަދި ލައިޓިން އެޅުމުގެ މަސައްކަތް (ދެވަނަ ފަހަރަށް)

 މި އިދާރާގެ ނަންބަރު IUL)251-CA/251/2025/40(8 މޭ 2025) ޢީދު ޝޯވ ބާއްވާ ސްޓޭޖުގެ ސައުންޑް އަދި ލައިޓިން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ ބީލަންތައް ބާޠިލް ކޮށްފީމެވެ.

 

 އަދި 1446 ވަނަ އަހަރުގެ އަޟްޙާޢީދު ފާހަގަކުރުމުގެ ގޮތުން ހއ. ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢީދު ޝޯވ އޮންނަ ސްޓޭޖުގެ ސައުންޑް އަދި ލައިޓިންގެ ސެޓްއަޕް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

 

(ހ) ޢީދު ޝޯވ ބާއްވާ ސްޓޭޖުގެ ސައުންޑް އަދި ލައިޓިންގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 26 މޭ 2025 ވާ ހޯމަ ދުވަހުން ފެށިގެން 28 މޭ 2025 ވާ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

(ށ)  ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 29 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާ ފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ މަސައްކަތާއި ގުޅޭ ލިޔުންތައް މި އިޢުލާނާއިއެކު ޢާންމު ކުރީމެވެ.

26 މޭ 2025
ހޯދާ