ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2025 ގައި އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުނެގުމާ ގުޅޭ

26 މޭ 2025 ވާ ހޯމަ ދުވަހުގެ 16:00 އިން 18:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށެވެ. 

 ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި އެޕްލިކޭޝަނަކީ، ކުންފުނިތަކުން ބާއްވާ ޢާންމު ޖަލްސާތަކުގައި ވޯޓުނެގުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ އަދި މިހާތަނަށް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ގިނަ ޕަބްލިކް ކުންފުނިތަކުގެ އަހަރީ ޢާންމު ޖަލްސާތަކުގައި ބޭނުންކޮށްފައިވާ އިތުބާރުހިފޭ މަޤުބޫލު އެޕްލިކޭޝަނެކެވެ. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް 2022 އަހަރުން ފެށިގެން ވޯޓު ލާފައިވަނީ ފަހިވޯޓު ބޭނުންކޮށްގެންނެވެ.

ފަހިވޯޓު މެދުވެރިކޮށް ވޯޓުލުމަށް ބޭނުންވާ ފަހިވޯޓުގެ ވެބްސައިޓް ލިންކު، ޔޫޒަރނޭމް އަދި ޕާސްވޯޑް، ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދާއިމީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް، 25 މޭ 2025 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން ފޮނުވޭނެއެވެ. އަދި އެސް.އެމް.އެސްއަށް ލިބިލެއްވި ޔޫޒަރނޭމް އަދި ޕާސްވޯޑް ބޭނުން ކުރައްވައިގެން ފަހިވޯޓު (https://fahivote.mv/) އަށް ލޮގިން ކުރެއްވުމުން އިންތިޚާބުގައި ބައިވެރިވެވޭނެއެވެ. މިގޮތަށް ފޮނުވޭ ކޮންމެ ޔޫޒަރނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ފަހިވޯޓު އެޕްލިކޭޝަންގައި ވޯޓުލެވޭ އައިޓަމަށް ވޯޓުލެވޭނީ އެންމެ ފަހަރަކުއެވެ.

25 މޭ 2025
ހޯދާ