ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޟަތު މިއަދުން ފެށިގެންވަނީ ހުޅުވާލާފައެވެ. މަސްރޭހުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 02 ޖޫން 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ފޯމް އަދި ކަލައިދޫ ޢީދު އުފާ މަސް ރޭސް 1446 އުޞޫލް މިއިދާރާގެ ކައުންޓަރުންނާއި މި އިޢުލާނާއެކު ގެޒެޓް އެޓޭޗްމަންޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ދީފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމްތަކާއި، ފުރިހަމަނުކޮށް ހުންނަ ފޯމްތައް ބަލައިނުގެނެވޭނެއެވެ. ފޯމާއި އެކު ޓީމްގެ ހުރިހާ ބައިވެރިންގެ އައިޑީކާޑް ދެފުށުގެ ސާފުކޮޕީ އެއް ހުށަހަޅަންޖެހޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.