ދިވެހިރާއްޖެ
މިކޯޓުގެ ބޭނުންނުކުރާ ތަކެތި ނީލަން ކިޔުން 2025 ޖޫން 03 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިކޯޓުގެ ކުރިމަތީގައި އޮންނާނެއެވެ.
މިނީލަމުގައި ވީހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ.
ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމަށް ވަޑައިގަންނަވާ ފަރާތްތަކުން ވަޑައިގަންނަވާނީ މިކޯޓަށެވެ. ނީލަން ކިޔާ ތަކެތީގެ ތަފްޞީލް ލިސްޓް ތިރީގައި އެވަނީއެވެ.
ނީލަމުގެއަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު (ރ) |
ނީލަންފެށޭ އަގު (ރ) |
ޢަދަދު |
ތަކެތީގެތަފްޞީލް |
60.00 |
838.80 |
1 |
އެއަރކޮންޑިޝަން 12000BTU(ގްރީ) |
45.00 |
619.90 |
1 |
އެއަރކޮންޑިޝަން 12000BTU(ކޮމްފީ) |
5.00 |
65.50 |
1 |
ސެކެޓްރީ ލޯބެކް ޗެއަރ |
10.00 |
137.00 |
1 |
އެގްޒެކްޓިވް ލޯބެކް ޗެއަރ |
50.00 |
746.80 |
1 |
ޓީވީ 55 އިންޗި UHD (ޓީސީއެލް) |
5.00 |
50.70 |
1 |
މޮޑެމް ހުވާވޭ |
5:00 |
15.00 |
1 |
މައުސް ލޭޒަރ (އޭސަރ) |
200.00 |
1346.72 |
1 |
ފޯން (ކޮންފަރެންސް) |
ނީލަމުން ނަންގަވާ ތަކެތި 2025 ޖޫން 4 ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން ގެންދަވަން ވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި މިކޯޓުގެ ފަރާތުން އަލުން އިޢުލާންކޮށް ނީލަންކިޔައި ނުވަތަ ކުނީގެ ގޮތުގައި ނައްތައި ލެވޭނެއެވެ.
މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.