ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ބަނދަރު މަތިން ތެޔޮ ވިއްކުމުގެ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން

މިރަށު ބަނދަރުގެ އުތުރުކޮޅުން މިހާރު ދޫކުރެވިފައިވާ ތެޔޮ ބިމުގެ އަތިރިން އޮތް ބިމުން،  1200 އަކަފޫޓުގެ ބިން 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިއްމަވާފައިވާތީ، މިދެންނެވި ސަރަހައްދުތަކުގައި ތެޔޮ ވިއްކުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަހަށް މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،  2025 ޖޫން 02 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރުމުގެ ފީއަކީ -/50ރ އެވެ. ބިޑްގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުގެ ފައިސާ ބަލައިގަންނާނީ މިއިދާރާގެ ނަންބަރު 7725700487001 އެކައުންޓަށް ޓްރާންސްފަރަކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ ފޯމު މެދުވެރިކޮށް ފޮނުވަންވާނެއެވެ. ބިޑްޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މި މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. އަދި މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ ި[email protected] އީމެއިލް އެޑްރެހަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 2025 ޖޫން 03 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ރަޖިސްޓްރީވުމަށް އެދޭ ފޯމުގެ ލިންކް https://forms.gle/yWrqWpmqFq7vUoZ57

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް:  [email protected]

ފޯން : 7886649

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 މޭ 2025
ހޯދާ