ދިވެހިރާއްޖެ
މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
މަޤާމު: |
ސީނިއަރ އޮފިސަރ، އޮބްޖެކްޝަން (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ލޯ ޑިވިޜަން / އޮބްޖެކްޝަން ސެކްޝަން |
އަސާސީ މުސާރަ: |
-/7،000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮތޯރިޓީގެ ނިންމުންތަކާ ގުޅިގެން ހުށަހެޅޭ އޮބްޖެކްޝަންތައް ބަލައި، އޮބްޖެކްޝަން ރިވިއު ރިޕޯޓު ތައްޔާރުކުރުމާއި، ކަމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން. |
ޝަރުޠު: އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން |
|
މަޤާމު: |
ސީނިއަރ އޮފިސަރ، ޓެކްސް ޓްރޭނިންގ (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ޓެކްނިކަލް އެންޑް ޕަބްލިކް އެވެއަރނަސް ޑިޕާޓްމަންޓް / އެޑިއުކޭޝަން އެންޑް އެވެއަރނަސް ޑިވިޜަން / ޓެކްސް ޓްރޭނިންގ ސެކްޝަން |
އަސާސީ މުސާރަ: |
-/7,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އާންމުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާބެހޭ މައުލޫމާތު ދިނުމަށް ސެމިނަރތަކާއި، ތަމްރީނު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ރާވާ ހިންގުމާއި، ޓްރޭނިންގތަކަށް އަދި ޓެކްސްދައްކާ ފަރާތްތަކަށް ބޭނުންވާ ޕްރެޒެންޓޭޝަންތައް، އިންފޮރމޭޝަން ބުކްލެޓް، މެނުއަލް، ގައިޑް ފަދަ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ޓެކްސް އޭޖެންޓުންނާއި މީރާއިން ގަބޫލުކުރާ ޓެކްސް އޮޑިޓަރުންނަށް ހުއްދަ ދީ ތަމްރީނު ކުރުމާއި، ކަމާގުޅޭ މަސައްކަތްތައް ކުރުން. |
ޝަރުޠު: އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން |
|
މަޤާމު: |
ސީނިއަރ އޮފިސަރ، ޓެކްނިކަލް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން/ޔުނިޓް: |
ޓެކްނިކަލް އެންޑް ޕަބްލިކް އެވެއަރނަސް ޑިޕާޓްމަންޓް/ ޓެކްނިކަލް އެންޑް ޕްލޭނިންގ ޑިވިޜަން/ ޓެކްނިކަލް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ސެކްޝަން |
އަސާސީ މުސާރަ: |
-/7،000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ޓެކުހާ ގުޅޭގޮތުން ނެރެންޖެހޭ ޓެކްސް ރޫލިންގތަކާއި ސަރކިއުލަރތައް ތައްޔާރުކޮށް ނެރުމާއި، ޓެކުހާބެހޭ ސިޔާސަތުތައް ކަނޑައެޅުމަށް ސަރުކާރަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށް ބޭނުންވާ ދިރާސާ ކުރުމާއި ކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ޓެކްނިކަލް އިޝޫތަކާ ގުޅިގެން އަންނަ ސިޓީތަކަށާއި އީމޭލްތަކަށް ޖަވާބުދިނުން. |
ޝަރުޠު: އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން |
|
މަޤާމު: |
ސީނިއަރ އޮފިސަރ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ޓެކްނިކަލް އެންޑް ޕަބްލިކް އެވެއަރނަސް ޑިޕާޓްމަންޓް/ ޓެކްނިކަލް އެންޑް ޕްލޭނިންގ ޑިވިޜަން/ ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް ސެކްޝަން |
އަސާސީ މުސާރަ: |
-/7،000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮތޯރިޓީގެ އަހަރީ ބަޖެޓާއެކު ހުށަހަޅަންޖެހޭ އާމްދަނީ އަންދާޒާ ތައްޔާރުކުރުމާއި އެ އަންދާޒާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޓެކުހާ ގުޅޭގޮތުން ސަރވޭކޮށް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަނާ ގުޅިގެން މާކެޓް ރިސާރޗް ހެދުން. |
ޝަރުޠު: އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން |
|
މަޤާމު: |
ސީނިއަރ އޮފިސަރ، މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ޓެކްނިކަލް އެންޑް ޕަބްލިކް އެވެއަރނަސް ޑިޕާޓްމަންޓް / އެޑިއުކޭޝަން އެންޑް އެވެއަރނަސް ޑިވިޜަން / މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަން |
އަސާސީ މުސާރަ: |
-/7،000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މީރާ އާއި ޓެކްސްތައް އިސްތިހާރުކުރުމަށް ރޯޑްޝޯވ، އެޑިއުކޭޝަނަލް ފެއަރ ފަދަ އެޑިއުކޭޝަނަލް އެވެއަރނަސް ޕްރޮގްރާމްތައް ރާވާ ހިންގުމާއި، އޮތޯރިޓީގެ ވެބްސައިޓް ޑިޒައިންކޮށް، ވެބްސައިޓުގައި މައުލޫމާތު ޝާއިޢުކޮށް ބެލެހެއްޓުމާއި، މައުލޫމާތު ފޯރުވައިދިނުމަށް ބޭނުންވާ ގްރެފިކްސް، ވީޑިއޯ އަދި އެނޫންވެސް އެފަދަ މެޓީރިއަލް ތައްޔާރުކުރުން. |
ޝަރުޠު: މާކެޓިންގ އާ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނިންމައިފައިވުން |
|
މަޤާމު: |
ސީނިއަރ އޮފިސަރ، ޓެކްސް ކްލިއަރެންސް (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އެންފޯސްމަންޓް ޑިޕާޓްމަންޓް / ޓެކްސް ކްލިއަރެންސް ސެކްޝަން |
އަސާސީ މުސާރަ: |
-/7،000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮތޯރިޓީއަށް ބަލައިގަންނަ ފައިސާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާއެއް ނެތްކަން ނުވަތަ "ޓެކްސް ކްލިއަރަންސް" ޗެކުކުރުމުގެ މަސައްކަތާއި ފައިން ރިލީފްގެ މަސައްކަތް ކުރުން |
ޝަރުޠު: އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން |
|
މަޤާމު: |
ސީނިއަރ އޮފިސަރ، އެންފޯސްޑް ކަލެކްޝަން (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އެންފޯސްމަންޓް ޑިޕާޓްމަންޓް / އެންފޯސްޑް ކަލެކްޝަންސެކްޝަން |
އަސާސީ މުސާރަ: |
-/7،000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ފައިސާ ނުދައްކާ ފަރާތްތަކާ މުއާމަލާތްކޮށް ލިބެންޖެހޭ ފައިސާ ހޯދުމާއި އެ ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
ޝަރުޠު: އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން |
|
މަޤާމު: |
އެސިސްޓަންޓް އޮފިސަރ، އެޑްމިނިސްޓްރޭޝަން (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ކޯޕޮރޭޓް ސަރވިސް ޑިޕާޓްމަންޓް / އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިވިޜަން/ އެޑްމިނިސްޓްރޭޝަން ސެކްޝަން |
އަސާސީ މުސާރަ: |
-/4،000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮފީހުގެ މަސައްކަތަށް ބޭނުންވާ އެންމެހާ މުދާ ހޯދުމުގެ މަސައްކަތްތައް ކުރުމާއި، ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓުމާއި މީގެ އިތުރުން އިދާރީގޮތުން އޮފީހުގެ މަސައްކަތަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން
|
ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (ބިޒްނަސް ސްޓްރީމްގެ މާއްދާތައް ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ) |
|
މަޤާމު: |
އެސިސްޓަންޓް އޮފިސަރ، މައިކްރޯ ބިޒްނަސް އޮޑިޓް (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ކޮމްޕްލަޔަންސް ޑިޕާޓްމަންޓް / މައިކްރޯ ބިޒްނަސް އޮޑިޓް ސެކްޝަން |
އަސާސީ މުސާރަ: |
-/4،000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ލިވިންގ އެލަވަންސް: -/2،000 ރުފިޔާ ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ކުދި ވިޔަފާރިތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބު ކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ތެރެއިން ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައެޅުން |
ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) |
|
މަޤާމު: |
އެސިސްޓަންޓް އޮފިސަރ، ކޮމްޕްލަޔަންސް ސްޓްރެޓެޖީ (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ކޮމްޕްލަޔަންސް ޑިޕާޓްމަންޓް / ކޮމްޕްލަޔަންސް ސްޓްރެޓެޖީ ސެކްޝަން |
އަސާސީ މުސާރަ: |
-/4،000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ލިވިންގ އެލަވަންސް: -/2،000 ރުފިޔާ ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ޓެކްސް ދައްކަންޖެހޭ އެންމެހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައެޅުމާއި އަލަށް ރަޖިސްޓަރީކުރާ ފަރާތްތަކަށް ޒިޔާރަތްކޮށް ޓެކުހާގުޅޭ ކަންތައްތައް އޮޅުން ފިލުވައިދިނުން |
ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) |
|
މަޤާމު: |
އެސިސްޓަންޓް އޮފިސަރ ، ޓެކްސް ކްލިއަރެންސް (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އެންފޯސްމަންޓް ޑިޕާޓްމަންޓް / ޓެކްސް ކްލިއަރެންސް ސެކްޝަން |
އަސާސީ މުސާރަ: |
-/4،000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ލިވިންގ އެލަވަންސް: -/2،000 ރުފިޔާ ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮތޯރިޓީއަށް ބަލައިގަންނަ ފައިސާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާއެއް ނެތްކަން ނުވަތަ "ޓެކްސް ކްލިއަރަންސް" ޗެކުކުރުމުގެ މަސައްކަތާއި ފައިން ރިލީފްގެ މަސައްކަތް ކުރުން |
ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) |
|
މަޤާމު: |
އެސިސްޓަންޓް އޮފިސަރ، އެންފޯސްޑް ކަލެކްޝަން (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އެންފޯސްމަންޓް ޑިޕާޓްމަންޓް / އެންފޯސްޑް ކަލެކްޝަންސެކްޝަން |
އަސާސީ މުސާރަ: |
-/4،000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ލިވިންގ އެލަވަންސް: -/2،000 ރުފިޔާ ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ފައިސާ ނުދައްކާ ފަރާތްތަކާ މުއާމަލާތްކޮށް ލިބެންޖެހޭ ފައިސާ ހޯދުމާއި އެ ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) |
އެހެނިހެން ޝަރުޠުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
- ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިގުރާރުވުން.
- ވަޒީފާ ލިބިއްޖެނަމަ ވަޒީފާގައި އުޅޭ ފުރަތަމަ 6 (ހައެއް) މަސް ދުވަހުގެ މުއްދަތުތެރޭގައި އޭ.ސީ.ސީ.އޭ އިމްތިޙާނުގައި ބައިވެރިނުވާނެ ކަމަށާއި އަދި ފުރަތަމަ 1 (އެކެއް) އަހަރުގެ މުއްދަތުތެރޭގައި އެހެން އެއްވެސް ކޯހެއް / އިމްތިޙާނެއްގައި ބައިވެރި ނުވާނެ ކަމަށް އިގުރާރުވުން.
މިމަޤާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓް:
މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2015 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 1415، ފެކްސް: 3316577
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
18 ޛުލްޤަޢިދާ 1436