ދިވެހިރާއްޖެ
(IUL)297-PS/297/2025/39 ނަންބަރު
އިޢުލާން
1446ވަނަ އަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތަކަށް ރަށުންބޭރުން ގެނެވޭ ފަރާތްތަކާއި، އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކެއުމާއި ސައި ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެ
1446ވަނަ އަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތަކަށް ރަށުންބޭރުން ގެނެވޭ ފަރާތްތަކާއި، އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު ގެޒެޓްކުރެވިފައިވާ އަގު ހުށަހަޅާ ފޯމު ފުރުއްވުމަށްފަހު 01 ޖޫން 2025ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ފޯމުތައް ބަލައިގަނެވޭނީ އެއްހާޒިރުގައެވެ. އަގުހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.