ދިވެހިރާއްޖެ
އަޟްހާ ޢީދާއި ގުޅިގެން ގާޑިޔާ ހިންގާނެ ފަރާތެއް ހޯދުމާއިގުޅޭ
1446 ވަނަ އަހަރުގެ އަޟްހާ ޢީދާއި ގުޅިގެން 05 ޖޫން 2025 އިން 09 ޖޫން 2025 އަށް 4 ގާޑިޔާ ހިންގުމަށް ބިން ކުއްޔަށް ހިފާނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ،މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ނ.ވެލިދޫ ކައުންސިލް އިދާރާ |
އަންގާރަ |
27 މެއި 2025 |
11:00 |
އަންދާސީހިސާބު ހުށައެހުން |
ނ.ވެލިދޫ ކައުންސިލް އިދާރާ |
އާދިއްތަ |
01 ޖޫން 2025 |
11:00 |
މިކަމަށްއެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ.
މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.