މަޤާމު:
|
ރިސެޕްޝަނިސްޓް
|
ބޭނުންވާ އަދަދު: 1
|
މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ޑިވިޝަން / ސެކްޝަން
|
މަކުނުދޫ ޞިއްޙީ މަރުކަޒު
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
މަކުނުދޫ ޞިއްޙީ މަރުކަޒު / ހދ.މަކުނުދޫ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މަރުކަޒަށް އަންނަ ބަލިމީހުންގެ ރަޖިސްޓްރޭޝަންގެ ކަންތައްތައް ބެލެހެއްޓުމާއި، އާސަންދައިގެ ދަށުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
- ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ދީ ރެކޯޑްތައް ފުރިހަމަ ކުރުމާއެކު، ބަލިމީހާ ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދީ ޑޮކްޓަރަށް ދެއްކުން.
- ކައުންޓަރަށް ލިބޭ އެންމެހާ ފައިސާ، ސަރުކާރުގެ މާލިއްޔަތާ ބެހޭ ގަވާއިދާ އެއްގޮތަށް ޙަވާލުވެ ރައްކާތެރިކަމާއެކު ދުވަހުންދުވަހަށް އޮފީހުގައި އެމަސައްކަތާއި ޙަވާލުވެ ހުންނެވި މުވައްޒަފާ ހަވާލުކުރުން.
- ބަލިމީހުންގެ ފައިލްތަކާއި ކައުންޓަރުގެ އިދާރީ ފޮތްތައް ތަރުތީބުކުރުމާއި ފައިލްތަކާއި ފޮތްތައް ހެދުމާއި އައުކުރުމުގެ މަސައްކަތް ކުރުން.
- ކައުންޓަރުގެ އިންވެންޓްރީ ދުވާލަކު އެއްފަހަރު ބަލައި ހަމަކުރުމާއި، އަދި ހަލާކުވާ ތަކެއްޗާއި މަދުވާ ތަކެތީގެ ތަފްޞީލް އޮފީހަށް އެނގުން
- މަރުކަޒަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދާރީވުން
|
ތަޢުލީމާއި ތަޖުރިބާ
|
- ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން،ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓީން މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން،ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓީން މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.
|
ހުށައަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( ވަޒީފާއަށް އެދޭ ފޯމު މަކުނުދޫ ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާ އިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. ( އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ)
- މަސައްކަތު ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭފަރާތުގެ ( މުއްދަތުހަމަނުވާ) ކާކުކަން އަންގައިދޭ ކާޑުގެ ދެފުށްފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަކޮޕީއެއް .
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، ( ވަޒީފާއަށް އެދޭ ފޯމާއިއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މަކުނުދޫ ޞިއްޙީމަރުކަޒަށް.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން
|
ކުރިމަތިލައްވާ ފަރާތްތަކާ އިންޓަވިއު ކުރުން އޮންނާނީ،2015 ވަނައަހަރުގެ އޮކްޓޫބަރު މަހުގައި، މަކުނުދޫ ޞިއްޙީމަރުކަޒުގައި.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިތުރުމަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6520094 އާ ގުޅުއްވުން އެދެމެވެ.
|