ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫ ކައުންސިލް އިދާރާއަށް ބޭނުންވާ އެސްކަވޭޓަރ ފޯރުކޮށް ދިނުމާއި ގުޅޭ.

ވޭމަންޑޫ ކައުންސިލް އިދާރާއަށް ބޭނުންވާ އެސްކަވޭޓަރ ފޯރުކޮށް ދިނުމާއި ގުޅޭ.

ވޭމަންޑޫ ކައުންސިލްގެ ނަމްބަރު: (IUL)392-ADM/392/2025/25 (30 އޭޕްރިލް 2025) އިޢުލާނާ ގުޅިގެން  އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވޭމަންޑޫ ކައުންސިލުގެ އިދާރާއިންދޭ މަޢުލޫމާތާއި ސްޕެސިފްކޭޝަންތަކާއި، ކުރެހުންތަކާއި އެއްގޮތައް، ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް އެސްކަވޭޓަރއެއް ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ މި އިދާރާގެ  [email protected] އަށް ހުށަހެޅުއްވުމުން އެފަރާތަކަށް އެމައުލޫމާތެއް ސާފުކޮށް ދެވޭނެއެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަށެވެ.

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

26 މޭ 2025 އިން 04 ޖޫން 2025 ވަނަ ދުވަހުގެ 10:00 އަށް،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

17 ޖޫން 2025 ވަނަދުވަހުގެ 10:30 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. 

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 ތަކެތި ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 26 މޭ 2025 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަން  ލިޔެވިފައި އޮންނަންވާނެއެވެ.   

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

25 މޭ 2025
ހޯދާ