ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މިޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމް ނަންބަރު:

TAT-133

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން  

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: -/6,000 ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/2,400 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ސާރވިސް އެލަވެންސް: -/170 (ވަޒީފާއަށް ނިކުންނަ ރަސްމީ ދުވަހަކަށް)

- ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލުން، އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ރިސެޕްޝަން އަދި އެންޓްރީ ބެލެހެއްޓުމުގެ މަސައްކަތްތަކާއި ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރުން.
  2. ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމަށް ޤަވާއިދާއި އެއްގޮތަށް ރިކުއެސްޓުކުރުމާއި، ސްޓޮކަށް ތަކެތި ވައްދައި ސްޓޮކުން ތަކެތި ދޫކުރުމާއި ސްޓޮކްބާކީ ޤާވާއިދާއި އެއްގޮތަށް ބެލެހެއްޓުން.
  3. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް އިންވެންޓްރީ އަދި ފިކްސްޑް އެސެޓް ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ފިކްސްޓް އެސެޓް ރަޖިސްޓްރީގައި ނުހިމެނޭގޮތަށް ހޯދޭތަކެތީގެ ރަޖިސްޓްރީ އަޕްޑޭޓުކޮށް ބެލެހެއްޓުމާއެކު ޕަބްލިކް އެކައުންޓިންގ ސިސްޓަމާއި ފިކްސްޑް އެސެޓް ރަޖިސްޓްރީ އެއްގޮތްކަން ކަށަވަރުކުރުން.
  4. ނީލަން ކިޔުމާއި ނައްތާލަންޖެހޭ ތަކެތި ނީލަންކިޔުމާއި ނައްތާލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. ޓްރައިބިއުނަލުގެ ދުވަހު ޔައުމިއްޔާ އަދި ޙަވާލުކުރެވޭ އެހެނިހެން ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ބެލެހެއްޓުން. 
  6. ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓް، އަދި ކަންހިނގާދިޔަގޮތުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ޓްރައިބިއުނަލް ލައިބްރަރީގެ ފޮތްތަކާއި، ފައިލް އާކައިވް އަދި ޓްރައިބިއުނަލުގެ ތަޅުދަނޑިތައް ބެލެހެއްޓުން.
  8. ޓްރިބިއުނަލުން ބާއްވާ އެކިއެކި ބައްދަލުވުން/ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތަށް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ދިމާވާ ހާދިޘާތަކާއިގުޅިގެން އޮފީހަށް ކަމެއް ދިމާވެފައިވޭތޯ ބެލުމާއި، އޮފީހުގެ މަރާމާތުތައްހުރިތޯބަލާ މަރާމާތުތައް ޕްރޮކިއުމެންޓަށް ފޮނުވުން.  
  10. އޮފީސް ފޮޅާސާފުކުރުވުމަށް ކުރަންޖެހޭ ކަންތައްކުރުން.
  11. މެންބަރުންނާއި މުވައްޒަފުންނަށް ހިންގޭ ޓްރެއިނިންގތައް ހިންގުމަށް އެޗް.އާރާއެކު މަސައްކަތް ކުރުން.
  12. މެންބަރުންނާއި މުވައްޒަފުންގެ މަސްދުވަހުގެ ރިޕޯރޓްތައް ހެދުމާއި، ސިސްޓަމް ތެރެއިން ޗުއްޓީތައް އަޕްޑޭތްކޮށް ބެލެހެއްޓުމަށް އެޗް.އާރަށް އެހީތެރިވެދިނުން.
  13. އެކިފަރާތްތަކަށް ފޮނުވާ ސިޓީފަދަ ތަކެތި ލިޔެ ފޮނުވުމާއި ސްކޭންކޮށް ބެލެހެއްޓުމާއި، ފައިލްކުރުން.
  14. ޖެނެރަލް އެޑްމިނިސްޓްރޭޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތް ސެކްޝަނުގެ ވެރިޔާގެ ލަފާގެމަތިން ކުރުން.
  15. އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ ކަންތައްކުރުމާއި، އޮފީސްހުޅުވާލެއްޕުމުގެ ތާވަލާއެއްގޮތަށް އޮފީސް ހުޅުވާލެއްޕުން.
  16. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ޤާނޫނާއި، ގަވާއިދުތަކާއި، އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.     

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓޭޝަން ނުވަތަ މަގާމުގެ މަސްޢޫލިއްޔާތާގުޅޭ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓޭޝަން ނުވަތަ މަގާމުގެ މަސްޢޫލިއްޔާތާގުޅޭ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
  8. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)

(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.

(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.

(ނ) ވަޒީފާ އަދާކުރި މުއްދަތު.

(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ).

ޝޯޓް ލިސްޓް ކުރުން

މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 03 ޖޫން 2025 އާއި 25 ޖޫން 2025 އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.   

އެހެނިހެން މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.  

ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.            

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލުގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

2025 ޖޫން 02 ވަނަ ދުވަހުގެ

 13:00 ގެ ކުރިން

25 މޭ 2025
ހޯދާ