ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައި ހަލާކުވެފައިވާ ތަކެއްޗާއި ބައު ތަކެތި ނީލަން ކިޔުމާއިި ގުޅޭ

  މި ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ހަލާކުވެފައިވާ ތަކެއްޗާއި ބައު ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލާއި ނީލަމާއި ގުޅޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.   

  1. ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ކައުންސިލް އިދާރާ ކުރިމަތި
  2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2025 މެއި 29 ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި
  3. ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލް: ދުވަހު ނީލަމުގައި އަދި  އަގަށް ފަހަރަކު އިތުރުކުރެވޭނީ ނީލަންފެށޭ އަގުގެ 10%  އަށްވާ ފައިސާ އެވެ.
  4. ތަކެއްޗަށް ފައިސާ ދެއްކުން: ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ރަސްމީ 3 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާދައްކާ ނިންމާ، އެ މުއްދަތުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ. 3 ދުވަހުގެ ފަހުން ތަނުގައިހުރި ތަކެތި ނައްތާލެވޭނެ ވާހަކަވެސް ދެންނެވީމެވެ.
  5. ފައިސާ ޖަމާކުރަންޖެހޭ އެކައުންޓްގެ ތަފްޞީލް:   7712700392001 (1461 REVENUE 1), އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު (9520969) ނަންބަރަށް ސްލިޕް ވައިބަރ ކުރުން

 

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ނަމްބަރ 4000012 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް މެއިލް ކޮއްދެއްވުން އެދެމެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.

                 27  ޛުލްޤައިދާ     1446

25 މޭ 2025
ހޯދާ