މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ޤުރުއާން މުބާރާތް 1446 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް، ވެލިދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި، އާލާކޮށް، ފެތުރުމަށް މަސައްކަތްކުރުމުގެ މަޤްސަދުގައި ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން، މިހިނގާ 1446 ވަނަ އަހަރުވެސް ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ބޭއްވުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މި މުބާރާތް ބޭއްވުމަށް ގަސްދުކުރެވިފައިވަނީ 26 ޖޫން 2025 ވާ ބުރާސްފަތި ދުވަހުއެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކާއި މުބާރާތުގެ ޤަވާއިދު މި އިއުލާނާއިއެކު އާންމު ކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށައެޅުމުގެ ސުންގަޑިއަކީ 29 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމްގެ ލިންކް: https://forms.gle/vfs4FX7v5BM3qCnh8

25 މޭ 2025
ހޯދާ