ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- ބީލަމާއި ބެހޭ މަޢުލޫމާތު:
މި ކުންފުނީގެ މެއިލްއޮޕަރޭޝަން ޑިޕާރޓްމަންޓްގެ މަސައްކަތްތައް ކުރުމަށް މާލެއިން އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކޮށްފައިވާ އިއުލާން ނަންބަރު: PRC-MPL/IUL/2025/63 (12 މެއި 2025) އާއި ގުޅިގެން މިކުންފުނިން ބޭނުންވާކަހަލަ ތަނެއް ކުއްޔަށް ދޫކުރުމަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީއާއި، މައުލޫމާތު ޝީޓަށް ބަދަލުއައިސްފައިވާތީވެ ދެންނެވި އިއުލާން ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުން: |
|
ތާރީޚް: |
02 ޖޫން 2025 ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ހުޅުވޭ ސަރުކާރު ރަސްމީ ދުވަހުގައެވެ. |
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ 5ވަނަ ފަންގިފިލާ |
ގަޑި |
14:00 |
2- ބީލަމާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:
- ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 29 މެއި 2025 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009292 – ޕްރޮކިއުމަންޓް ޔުނިޓް
- [email protected]