ދިވެހިރާއްޖެ
އިޢުލާން
"އައްޑޫ އީދި ސަމާ 1446" ހަރަކާތްތަކުގެ ތެރެއިން އީދި ގަލާ ޓްރެޝަރ ހަންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫ ސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 05 ޖޫން 2025 އިން 09 ޖޫން 2025ގެ ނިޔަލަށް ބަހާލައިގެން އައްޑޫ ސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އެގޮތުން "އީދިގަލާ ޓްރެޝަރ ހަންޓް" ގެ ނަމުގައި ޓްރެޝަރ ހަންޓެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިރޭހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޖުމްލަ 5 މީހުންގެ މައްޗަށް ހިމެނޭ 12 ޓީމަށެވެ. މި ހަރަކާތުގައި ބައިވެރިވާ ޓީމް މެންބަރުންނަކީ ގިނަ ވަގުތު ހަރަކާތްތެރިވެވޭ ވަރުގެ ފަރާތްތަކަށް ވާންޖެހޭނެއެވެ. މި މުބާރާތުގެ ވަނަތަކަށް ހަމަޖެހިފައިވަނީ:
1 ވަނަ އިނާމު: 20،000 ރުފިޔާގެ ފާއިސާގެ އިނާމް
2 ވަނަ އިނާމު: 15،000 ރުފިޔާގެ ފާއިސާގެ އިނާމް
3 ވަނަ އިނާމު: 10،000 ރުފިޔާގެ ފާއިސާގެ އިނާމް
މި ހަރަކާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ހަރަކާތުގެ އުސޫލު މި އިއުލާނާއެކު ހިމަނާފައިވެއެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 01 ޖޫން 2025 ވާ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. މި ހަރަކާތުގެ ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ މި އިއުލާނާއެކު އެކުލަވާލެވިފައިވާ އޮންލައިން ގޫގުލް ފޯމުންނެވެ.
ގޫގުލް ފޯމް: https://forms.gle/3AtyMb3MMZEuo6WE6
މި މުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
26 ޛުލްގަޢިދާ 1446
24 މެއި 2025