ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކައުންސިލް ކަޕް 2025" ހޯސްޓްކުރާނެ ފަރާތެއް ހޯދުން

        މި ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް ކަޕް 2025 ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)264/PRIV/2025/44 (19 މެއި 2025) އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ، ރަޖިސްޓްރީކޮށްގެން ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް އަދި ޖަމްޢިއްޔާތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

        ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 02 ޖޫން 2025 ވާ (ހޯމަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މި އިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް:  https://forms.gle/LWa2QqrGbftMmYo2A

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

02 ޖޫން 2025 ވާ (ހޯމަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

03 ޖޫން 2025 ވާ (އަންގާރަ)

11:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

        ޕްރޮޕޯސަލް ހުށަހެޅޭނީ ހޯސްޓް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް:[email protected]

23 މޭ 2025
ހޯދާ