ދިވެހިރާއްޖެ
އިޢުލާން
1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީގެ އެކި އަވަށްތަކުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ހުޅުދޫގައި "ތޮށަލިގަނޑޮ ކޮބާ؟" ގެ ނަމުގައި ޓްރެޝަރހަންޓް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި މުބާރާތުގައި އައްޑޫގައި ދިރި އުޅެމުންދާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވަމެވެ.
މި މުބާރާތުގެ ޤަވާއިދު މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން 28 މޭއި 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހުގެ ނަންބަރު 7789046 އަށް ބައިވެރިވާ ޓީމުގެ ނަމާއި، ޓީމުގެ ކެޕްޓަން، ޓީމުގެ ބައިވެރިން އަދި ގުޅޭނެ ނަންބަރ ވައިބަރ ކޮށް ނަންނޯޓު ކުރުމަށްދަންނަވަމެވެ. އަދި، މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 6894655 އަށް ގުޅުއްވުން އެދެމެވެ.
24 ޒުލްޤަޢިދާ 1446
22 މޭއި 2025