ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް ހދ ނޮޅިވަރަންފަރުގެ ޖަމިއްޔާ، ޖަމާއަތްތަކަށް ހުޅުވާލުން

1446 ވަނަ އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް ހދ ނޮޅިވަރަންފަރުގެ ޖަމިއްޔާ، ޖަމާއަތްތަކަށް ހުޅުވާލުން

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަ ގަދަކޮށް ފާހަގަ ކުރުމަށްޓަކައި ޢީދުގެ ހަރާކާތްތައް ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ޝައުގުވެރިވާ ހދ ނޮޅިވަރަންފަރުގައި ރަޖިސްޓަރީވެފައިވާ ޖަމިއްޔާ ޖަމިއްޔާތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ޖަމިއްޔާ ޖަމާއަތްތަކުން މި އިޢުލާނާއިއެކު މިވާ ލިންކް މެދުވެރިކޮށް 2025 މެއި 27 ވަނަ ދުވަހުގެ 12:00 ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުން އޮންނާނީ 2025 ޖޫން 01 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. އިޢުލާނާއެކުމިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ނުކުރާ އެއްވެސް ކުލަބު ޖަމިއްޔާއަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެކަމުގައި ދަންނަވަމެވެ. މި އިޢުލާނާއިއެކު މަޢުލޫމާތު ކަރުދާސް އަދި، ބީލަން ހުށަހަޅާ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ލިންކް: https://forms.office.com/r/16bE3br37u

22 މޭ 2025
ހޯދާ