ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ GS3

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓު

ދަރަނބޫދޫ،

ދިވެހިރާއްޖެ.

އިޢުލާނު

"ޝަރުޢީދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2024" އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ އުޞޫލު ޢާއްމުކުރުމާ ގުޅިގެން މިކޯޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ މި ކޯޓުގެ ނަންބަރު: L5C-A/2025/5 އިޢުލާނު ބާޠިލްކޮށް އަލުން އެ މަޤާމަށް މީހަކު ހޯދުމަށް ޢާންމުކޮށް އިޢުލާނު ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރު: L05C-A/2025/06

ތާރީޚް: 22 މޭ 2025

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓު

މުސާރަ:

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

އެހެނިހެން އެލަވަންސް: 

  • ސަރވިސް އެލަވަންސް: -/1500 ރުފިޔާ  
  • ޖުޑީޝަލް އެލަވަންސް: 1562/75 ރުފިޔާ (އަސާސީ މުސާރައިގެ %35)
  • ލިވިންގ އެލަވަންސް: -/2550 ރުފިޔާ  
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވެރިންގެ ޙާޟިރީއާއި މުވައްޒަފުންގެ ޙާޟިރީއާއި ނުރަސްމީގަޑީގެ ޙާޟިރީއާއި މުވައްޒަފުން ބޭރަށްދާފޮތާއި ވޮޗަރުންގެ ޙާޟިރީ ފުރިހަމަކޮށް ބެލެހެއްޓުން.
  2. މިކޯޓުގެ ސްޓޮކް ބެލެހެއްޓުން.
  3. ކޯޓުގެ އީމެއިލް ޗެކުކޮށް، މެއިލް ރޫޓްކުރަންޖެހޭ ފަރާތްތަކަށް ރޫޓްކުރުން.
  4. ކޯޓަށް އަންނަ ލިޔުންތަކާއި ތަކެތި ބަލައިގަނެ މެމްސް ސޮފްޓްވެއަރގެ ތެރެއިން އެންޓްރީކޮށް ލިޔުންތައް އެޓޭޗްކުރުން.
  5. ކޯޓް ހުޅުވާ ލެއްޕުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  6. ކޯޓަށް އަންނަ ލިޔުންތަކާއި ތަކެތި ބަލައިގަނެ މެމްސް ސޮފްޓްވެއަރގެ ތެރެއިން އެންޓްރީކޮށް ލިޔުންތައް އެޓޭޗްކުރުން.
  7. ފާއިތުވި ދުވަހުގެ ޔައުމިއްޔާ ޖެހިގެން އަންނަ ދުވަހު ލިޔެ ޗެކްކުރުމަށްފަހު ފާއިތުވި ހަފްތާގެ ޔައުމިއްޔާ ތަކުގައި ހިނގަމުންދާ ހަފްތާގައި ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އެ މަސްއޫލިއްޔަތު އަދާކުރައްވާ ފަރާތް ލައްވާ ސޮއިކުރުވުން.
  8. މިކޯޓުގެ މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ޔައުމިއްޔާތައް ފާސްކުރުމުން މުވައްޒަފުން ލައްވައި ސޮއިކުރުވައި ނިންމުން.
  9. މި ކްލަސްޓަރގެ ފަނޑިޔާރުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއެކު މިކޯޓުގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
  10. މިކޯޓުގެ މުވައްޒަފުންނާއި މިކްލަސްޓަރގެ ފަނޑިޔާރުންނަށް ޗުއްޓީ ދިނުމާބެހޭ އެންމެހާ ކަންތައްތައް ކުރުން.
  11. A ސެކްޝަނުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ރިޕޯޓް ފަދަ ހުރިހާ ލިޔުމެއްލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ސެކްޝަނަށް ބަލައިގަންނަންޖެހޭ ލިޔުންތައް ބަލައިގަތުމާއި، ފައިލްކުރަންޖެހޭ ލިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުމާއެކު A ސެކްޝަންގެ ފައިލްތައް ތައްޔާރުކުރުން.
  12. A ސެކްޝަންގެ ފޮތްތައް ބަރާބަރަށް ފުރިހަމަ ކުރަމުން ގެންދިއުމާއި، ދުވަހުން ދުވަހަށް ފުރިހަމަ ކުރަންޖެހޭ ފޮތްތައް ދުވަހުން ދުވަހަށް ފުރިހަމަ ކުރަމުން ގެންދިއުމާއި، މީގެ އިތުރުން އެފޮތްތައް ސާފުތާހިރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  13. ޗީފް އެޑްމިނިސްޓްރޭޓަރ އަންގާ ގޮތެއްގެ މަތިން މި ކްލަސްޓަރގެ (ކޯޓުތައް) ޙަވާލުކުރުމުގެ ކަންތައްތައް ހަމަޖެއްސުމާއެކު އެކަމާބެހޭ ރެކޯޑު ބެލެހެއްޓުން.
  14. މުވައްޒަފުންގެ ރެކޯޑު ފައިލްތައް ތައްޔާރުކޮށް އެފައިލްތައް ބެލެހެއްޓުން.
  15. މަޤާމްތަކުގެ ރަޖިސްޓްރީއާއި ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.
  16. ކޯޓުގެ މަޤާމްތަކަށް މީހުން ލެއްވުމާއި ވަކިކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ވަގުތީ ގޮތުން ލައްވާ / ވަކިކުރާ މުވައްޒަފުންނާބެހޭ އެންމެހާ ކަންކަން ކުރުމާއި އޭގެ ރެކޯޑުތައް ބެލެހެއްޓުން.
  17. ފަނޑިޔާރުންގެ ޙާޟިރީ ރިޕޯޓު އަތޮޅުގެ ކޯޓުތަކުން ހޯދައި ޗެކުކުރުމަށްފަހު، މީލާދީ ކޮންމެ މަހެއްގެ 05 ވަނަ ދުވަހުގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
  18. ޑިއުޓީ ރޯސްޓަރ ތައްޔާރުކުރުން.
  19. މިއަތޮޅުގެ ކޯޓުތަކަށް ފޮނުވުމަށްޓަކައި މިކޯޓަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާފައި ހުންނަ ތަކެތި ކޯޓުތަކުން އެދުމުން ވެރިންގެ މަޝްވަރާގެ މަތިން ފޮނުވައި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުން.
  20. އަދި މީގެ އިތުރުންވެސް ވެރިން އަންގާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު؛

  1. "ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އޮފީސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / ޝަރީޢާ އެންޑް ލޯ / ޖެނެރަލް އެޑްމިނިސްޓްރޭޝަން / އެޑްމިނިސްޓްރޭޝަން / އޮފީސް މެނޭޖްމަންޓް / އެކައުންޓިންގ އެންޑް ފައިނޭންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އޮފީސް އެޑްމިނިސްޓްރޭޝަން / އޮފީސް މެނޭޖްމަންޓް
  2. ހިއުމަން ރިސޯސް
  3. މެނޭޖްމަންޓް
  4. ޝަރީޢާ / ޤާނޫނު
  5. އިންފޮމޭޝަން ޓެކްނޮލޮޖީ
  6. އެކައުންޓްސް އެންޑް ފައިނޭންސް

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް ޢައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. ގާތްތިމާގެ މީހުންކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކަށެވެ.

2.1  ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.2  މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3  ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛

2.4  އަނބިމީހާ ނުވަތަ ފިރިމިހާ؛ ނުވަތަ

2.5  ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މި ކޯޓުގެ ވެބްސައިޓް f-dharaboodhoo.courts.gov.mv އިން އަދި މި ކޯޓުގެ ކައުންޓަރުންނާއި، މެޖިސްޓްރޭޓް ކޯޓުތަކުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.dja.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، "ޝަރުޢީ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2024" ގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

ކޮމްޕީޓަންސީ ދާއިރާ

މާކްސް

އަސާސީ ޝަރުޠު ފުރިހަމަވުން

30

އަސާސީޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

އިންޓަވިއު

35

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ފޯމާއެކު ހުށަހަޅާ ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން/ ޕްރެކްޓިކަލްސް އޮންނާނީ، 15 ޖޫން 2025 އާއި 25 ޖޫން 2025 އާ ދެމެދު، ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

ވަޒީފާއަށް ކުރިމަތިލިފާރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް) ޢާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.

އެހެނިހެން ކަންތައްތައް

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740655 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.
  • މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މިކޯޓުން ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހޯދުމާމެދު އިޢުތިރާޟު ނުކުރާނަމައެވެ.  
     

24 ޛުލްޤަޢިދާ 1446

22 މޭ 2025

22 މޭ 2025
ހޯދާ