މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮޑިޓަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ސީނިއަރ އޮޑިޓަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އޮޑިޓް ޑިޕާރޓްމަންޓް / މިފްކޯ ހެޑްއޮފީސް / މާލެ

އަސާސީ މުސާރަ:

 10750.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް: 6450.00 ރުފިޔާ (ބޭސިކް މުސާރައިގެ %60)

- ޕްރޮފެޝަނަލް އެލަވަންސް: 2150.00 ރުފިޔާ (ޑިޕްލޮމާ ސެޓްފިކެޓް %20)، 4300.00 ރުފިޔާ (ބެޗްލާރސް ޑިގްރީ ސެޓްފިކެޓް %40)

- ފުޑް އެލަވަންސް: 1800.00 ރުފިޔާ (ދުވާލަކަށް 60 ރުފިޔާ)

ޝަރުޠު:

- މަސައްކަތުގެ ދާއިރާއިން (އެކައުންޓިންގ/އޮޑިޓިންގް) ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- މަސައްކަތުގެ ދާއިރާއިން  އެޑްވާންސް ޑިޕްލޮމާއެއް، ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

- އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.

- މި ކުންފުނީގެ  އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

- ޗީފް އިންޓަރނަލް އޮޑިޓަރގެ އިރުޝާދާއި އެކު، އަހަރީ އިންޓަރނަލް އޮޑިޓް ޕްލޭން އެކުލަވާލުން.

- ޗީފް އިންޓަރނަލް އޮޑިޓަރގެ  އިރުޝާދާއި އެއްގޮތައް އޮޑިޓް މަސައްކަތްތަކާއި އަދި ކޮންސަލްޓަންސީ މަސައްކަތްތަށް ރާވާ އެކުލަވާލުން. އެގޮތުން އޮޑިޓް ޓީމުގެ މަސައްކަތްތައް ރިވިއު ކުރުމާއި، އިތުރަށް ބަލަން ޖެހޭކަންތައްތައް ދެނެގަތުމާއި އޮޑިޓް ޕްރޮގުރާމްތައް އެކުލަވާލުމާއި، އަދި އޮޑިޓް ޓީމުން ފާހަގަ ކުރާ ކަންތައްތައް ހިމަނައިގެން ރިޕޯޓް ތައްޔާރުކުރުން.

- ޗީފް އިންޓަރނަލް އޮޑިޓަރގެ އިރުޝާދުގެ ދަށުން ފޮލޯ-އަޕް އޮޑިޓްތައް ކުރިއަށް ގެންދިއުން.

- ހުރިހާ ލިޔެކިޔުންތަކެއް އޮޑިޓް ޑޮކިއުމެންޓޭޝަން ނިޒާމުގައި އެކަށީގެންވާ ގޮތަށް ފައިލްކުރެވިފައިވާކަން ކަށަވަރުކުރުމާއި، އޮޑިޓް މަސައްކަތުގެ ތެރޭގައި ހޯދާ ހުރިހާ މަޢުލޫމާތެއް، ލިޔެކިޔުމެއް އަދި ހެކިތަކުގެ ރައްކާތެރިކަމާއި ސިއްރު ދެމެހެއްޓުން.

- ރިސްކް މެނޭޖްމަންޓް ޕްރޮސެސްތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރުމަށް ކުންފުނީގެ ޑިޕާޓްމަންޓްތަކަށް ލަފާދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

- ކުންފުނީގެ މައިގަޑު އޮޕަރޭޝްތަކުގައި ހުރި ކޮންޓްރޯލް ވީކްނަސްތައް ދެނެގަނެ ރިސްކް އެސެސްމަންޓްތައް ހެދުމާއި، ރިސްކް ރެޖިސްޓަރ ތައްޔާރު ކުރުމާއި، އިންޓަރނަލް ފްރޯޑަށް ޝައްކުކުރެވޭ ކަންތައްތަކުގެ އޮޑިޓް/ތަހުގީގު ކުރިއަށް ގެންދިއުން.

- ކުންފުނިން އަލަށް ފަށާ ޕްރޮޖެކްޓްތަކާއި، ޕޮލިސީތަކަށް ގެނެވޭ ބަދަލުތަކާއި، އަލަށް އެކުލަވާލާ ޕޮލިސީތަކާއި ޕްރޮސެސްތަކުގައި އެންގޭޖްވެ، ކުންފުނީގެ މެނޭޖްމަންޓަށް ކޮންސަލްޓިންގ ޚިދުމަތްތައް ފޯރުކޮށްދިނުން.

- ކުންފުނީގެ ވިސުލް ބޮލޯވަރ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

- ކުންފުނިން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި، ކުންފުނީގެ މުވައްޒަފުންނާއެކު އެކުވެރި ގުޅުމެއް ދެމެހެއްޓުން.

އިންޓަރވިއުކުރުން:

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

- މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.

- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.

- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ސައްޙަކަން ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.

- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 1 ޖޫން 2025 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.

- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

 

-       ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

22 މޭ 2025
ހޯދާ