މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަދިގެ ބާކީއާއި ކަރުގޮހޮރު ފަދަ ކުނިވާ ޒާތުގެ ކުނި އުކާލަދޭނެ ފަރާތެއް ހޯދުން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި ރަށުގައި އުފެދޭ ބަދިގެ ބާކީއާއި ކަރުގޮހޮރު ފަދަ ކުނިވާ ޒާތުގެ ކުނި، މި ކައުންސިލުން އަންގާ ވަކި އުސޫލެއްގެދަށުން 3 މަސް ދުވަހުގެ މުއްދަތަށް އުކާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިއުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި މަސައްކަތް ކޮށްދޭނެ އަގު، ޖީއެސްޓީ ހިމެނޭނަމަ ޖީއެސްޓީ ހިމަނާގެން (މަހަކަށް) އެނގޭނެގޮތަށް (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 27 މެއި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިމިވާ މެއިލްއަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދެމެވެ.
އީ-މެއިލް އެޑްރެސް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
22 މޭ 2025
ހޯދާ