ދިވެހިރާއްޖެ
އިޢުލާން
އެއްއަހަރު ދުވަހުގެ މުއްދަތަށް ބަދިގެ ޑަސްބިން އުކާދޭނެ ފަރާތެއް ހޯދުން
މި އިދާރާއިންދޭ އިރުޝާދާއި އެއްގޮތަށް އެއްއަހަރު ދުވަހުގެ މުއްދަތަށް ގޭބިސީތަކުން ނެގޭ ބަދިގެ ޑަސްބިން ރަށުން ބޭރުކޮށް އުކާލުމަށް ދޯނި ނުވަތަ ޑިންގީއެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އެއްއަހަރު ދުވަހުގެ މުއްދަތަށް ކޮއްދެވޭނެ އަގު ހިމަނައި، ކޯޓޭޝަން ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.
1- މި ބީލަން ހުޅުވާލެވިފައިމިވަނީ، ދޯނި/ ޑިންގީ ގެންގުޅޭ ފަރާތްތަކަށެވެ. ބީލަން ހުށަހަޅާ ފަރާތަކީ ދޯނި ނުވަތަ ޑިންގީ އެއްގެ ވެރިފަރާތް ކަމުގައިވާންވާނެއެވެ.
2- ކޯޓޭޝަން އާއިއެކު ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
3- ކޯޓޭޝަން ހުށަހެޅުމާއި، ކެނޑުން އޮންނާނީ، ތިރީގައި އެވާ ތާރީޚުގައެވެ.
ކޯޓޭޝަން ހުށަހެޅުމާއި ، ކެނޑުން:
| ތާރީޚް: | ދުވަސް: | ވަގުތު: | ތަން | 
| 27 މޭ 2025 | އަންގާރަ | 13:00 | ޅޮހި ކައުންސިލްގެ އިދާރާ | 
މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ 6560032 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
22 މޭ 2025
 
                    