މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ހޭންޑް ބޯލް ޓީމް" އެކުލަވާލުމާއި ގުޅޭ:

ރ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށް 15 ޖޫން 2025 ގައި ފެށުމަށް ހަމަޖެހިފައިވާ އަރުތަ ހޭންޑް ބޯލް މުބާރާތުގައި އިންނަމާދޫ ތަމްސީލްކުރުމަށް ޓީމެއް އެކުލަވާލުމަށް ބޭނުންވެއެވެ.

އެހެންކަމުން، ރ.އަތޮޅު ހޭންޑް ބޯލް މުބާރާތުގައި މިރަށް ތަމްސީލް ކުރުމަށް ޝައުގުވެރިކަންހުރި އެންމެހައި އަންހެން ބޭފުޅުން 27 މެއި 2025 ވާ އަންގާރަ ދުވަހަގެ 14:00 ގެ ކުރިން ރަސްމީ ގަޑިތަކުގައި މިކައުންސިލްގެ ނަމްބަރ: 6580052 އަދި ނުރަސްމީ ގަޑިތަކުގައި ކައުންސިލް މެމްބަރުން (އައިޝަތު ސަމާހާ 9116410 އަދި އާމިނަތު ސަމާހާ 7585958)  އަށް ގުޅުއްވައިގެން ނަން ނޯޓް ކުރުމަށް ދަންނަވަމެވެ. މިފަދަ ކަންކަން ކުރިއަށް ގެންދިއުމުގައި ރަށުގެ ގިނަ ފަރާތްތަކެއްގެ ބައިވެރިވުން މިކައުންސިލަށް ނުހަނު ބޭނުންވާ ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މޭ 2025
ހޯދާ