ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުޅޭ ބައެއް ކުޅިވަރުތަކާއި ގުޅޭ:
މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން މި ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކި އެކި ކުޅިވަރުތަކުގެ ތެރޭގައި "ޓަވަލް ވޮލީ " ގެ ނަމުގައި ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތުގައި މިރަށުގައި ދިރިއުޅުއްވާ ކޮންމެ ފަރާތަކުގެ އިތުރުން ރަށުން ބޭރުން ޢީދަށް އިންނަމާދޫއަށް އަންނަ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެއެވެ.
މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމް ލިސްޓް ހެދުމަށްފަހު 02 ޖޫން 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް " ރަޖިސްޓްރީ ފޯމް " ހުށައެޅުއްވުން އެދެމެވެ. ޓީމެއްގައި މަދުވެގެން ހިމެނޭނީ 8 މީހުންނެވެ. އަދި ގިނަވެގެން 10 މީހުންނެވެ. ޓީމްތައް ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ އަންހެން ފިރިހެން ވަކިންނެވެ. އަދި މެޗްތައް ކުޅޭވޭނީވެސް އަންހެން ފިރިހެން ވަކިންނެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ގަޑީގައި ނަމަ 6580052 އަދި ނުރަސްމީ ގަޑިތަކުގައި ނަމަ 7585958 (ކައުންސިލް މެންބަރ އާމިނަތު ސަމާހާ) ނުވަތަ 9116410 (ކައުންސިލް މެންބަރ އާއިޝަތު ސަމާހާ އަށް ގުޅުއްވުން އެދެމެވެ.
ޓަވަލް ވޮލީގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް:
1- 1 ވަނައަށް -/1500
2- 2 ވަނައަށް -/1000
3- 3 ވަނައަށް -/500
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.