ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ފޮތެއް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް

ސިވިލް ސަރވިސް ކޮމިޝަނުގެ ވޭތުވެދިޔަ 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭންގެ މަސައްކަތް ކުރިއަށް ދިޔަގޮތް ބަޔާންކޮށް ފޮތެއް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއްޖެ

ސިވިލް ސަރވިސް ކޮމިޝަނުގެ ވޭތުވެދިޔަ 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭންގެ މަސައްކަތް ކުރިއަށް ދިޔަގޮތުގެ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތުތައް ސިންކްރޮނައިޒްކޮށް، ޑިޒައިނާއި ލޭއައުޓް ހަދައި، ފޮތެއްގެ ސިފައިގައި ޕްރެޒެންޓްކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • ބޭނުންވާ އަދަދު: 01
  • މަސައްކަތުގެ އަގު: -/25,000 (ފަންސަވީސް ހާސް ރުފިޔާ)
  • މަސައްކަތުގެ ވަގުތު: ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން
  • މަސައްކަތް ނިންމަންވީ މުއްދަތު: ގިނަވެގެން 45 ދުވަހުގެ ތެރޭގައި
  • ފެންވަރު ނުވަތަ ޝަރުޠު: މި މަސައްކަތްކުރުމަށް ބޭނުންވާ ޤާބިލުކަން ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތާ ބެހޭ މަޢުލޫމާތު:

ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފޯރުކޮށްދޭ މަޢުލޫމާތުތައް އެއްކޮށް، އެ މަޢުލޫމާތުތައް ސިންކްރޮނައިޒްކޮށް، ފޮތެއްގެ ސިފައިގައި ޕްރެޒެންޓްކުރެވޭ ފަދަ ގޮތަކަށް ކަނޑައެޅިފައިވާ މުހުލަތުގެ ތެރޭގައި ޑިޒައިން އަދި ލޭއައުޓްގެ މަސައްކަތްތައް ފުރިހަމަކޮށް ނިންމުން.

މި މަސައްކަތްކުރާނެ ފަރާތެއް ހޮވުން:

މި މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތެއް ހޮވާނީ، މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ގާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ.

ސުންގަޑި:

މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން 2015 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ވަނަވަރާއި (ތަޢުލީމާއި ތަޖުރިބާ ބަޔާންކޮށް)، މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްދޭ ލިޔުންތަކުގެ ކޮޕީއާއެކު ލިޔުމުން މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންނަމަ، މި ކޮމިޝަނުގެ ފޯނު ނަންބަރު 3307316 އަށް ގުޅުއްވުން އެދެމެވެ.

15 ޛުލްޤަޢިދާ 1436

31 އޮގަސްޓް 2015
ހޯދާ