މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުޅޭ ބައެއް ކުޅިވަރުތަކާއި ގުޅޭ:

މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން މި ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ  އެކި އެކި ކުޅިވަރުތަކުގެ ތެރޭގައި "ޢީދު މަސްރޭސް 1446" ގެ ނަމުގައި ބާއްވާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މަސްރޭހުގައި މިރަށުގައި ދިރިއުޅުއްވާ ކޮންމެ ފަރާތަކުގެ އިތުރުން ރަށުން ބޭރުން ޢީދަށް އިންނަމާދޫއަށް އަންނަ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެއެވެ.

މަސްރޭހުގައި ބައިވެރިވާ ޓީމްތަކުން ޓީމް ލިސްޓް ހެދުމަށްފަހު 02 ޖޫން 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް "ރަޖިސްޓްރީ ފޯމް" ހުށައެޅުއްވުން އެދެމެވެ. ޓީމެއްގައި މަދުވެގެން ހިމެނޭނީ  (ކެޔޮޅު ހިމަނައިގެން) 4 މީހުންނެވެ.  އޭގެ އިތުރުން ކޮންމެ ޓީމަކާއެކު މަސްދަތުރުގައި ކައުންސިލްގެ ފަރާތުން އޮބްޒާވަރަކުވެސް ބައިވެރިވާނެއެވެ. ޓީމުގައި އަންހެން ފިރިހެން އެއްކޮށް އަދި ވަކި ވަކިންވެސް ބައިވެރިވެވިދާނެއެވެ. މި މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ގަޑީގައި ނަމަ 6580052 އަދި ނުރަސްމީ ގަޑިތަކުގައި ނަމަ  7585958 (ކައުންސިލް މެންބަރ އާމިނަތު ސަމާހާ) ނުވަތަ 9116410 (ކައުންސިލް މެންބަރ އާއިޝަތު ސަމާހާ) އަށް ގުޅުއްވުން އެދެމެވެ.

 

މަސްރޭހުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް:

1-      1 ވަނައަށް -/3000

2-      2 ވަނައަށް -/2000

3-      3 ވަނައަށް -/1000

4-      އެންމެ ބަރުމަސް ބޭނި ޓީމަށް -/500

5-      މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް  -/250

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މޭ 2025
ހޯދާ