ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ސުކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިރިމަރަދޫ ސުކޫލްގެ އޮފީސް އިމާރާތް ކުރުން.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ހިރިމަރަދޫ ސުކޫލްގެ އޮފީސް އިމާރާތް ކުރުން.
- މި ސްކޫލުން 08 މެއި 2025ގައި ކުރި އިއުލާން ނަންބަރ: GS88/IUL/2025/01 އަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީވެ، އަލުން އެފުރުސަތު ހުޅުވާލަމެވެ. ވީމާ، މިސުކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސުކޫލްގެ އޮފީސް އިމާރާތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 މެއި 22 ން 2025 މެއި 29 ގެ 14:00 ނިޔަލަށް ސްކޫލުގެ އީމެއިލް: [email protected] އަށް މެއިލްކޮށްގެން (މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުންކަން ކަށަވަރު ކުރަށްވާނެ) ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ފޮނުވާ އީމެއިލް ގައި ، އިޢުލާން ނަންބަރ ، ގުޅޭނެ ފޯނު ނަންބަރާއި މީހާގެ ފުރިހަމަ ނަން ޖެހުމަށް ފަހު ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ އެއް އެޓޭޗް ކުރެވިފައިއޮންނަށްވާނެއެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މެއި 29 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޖޫން 03 ވަނަ ދުވަހުގެ 10:30 ގައި ހިރިމަރަދޫ ސުކޫލްގެ އޭ.ވީ ރޫމްގައެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
- ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 6,000/-ރ.(ހަހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތާއި ބީ.އޯ.ކިއު އަދި ކުރެހުންތަކާއި އެންމެހާ މައުލޫމާތު ޝީޓްތައް މި އިޢުލާނާ އެކު ގެޒެޓް ކުރެވިފައިވާނެއެވެ
- މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހިރިމަރަދޫ ސުކޫލް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އޯކިޑް މަގު، ހދ،ހިރިމަރަދޫ، ދިވެހިރާއްޖެ.
ފޯން:6520536
އީ-މެއިލް: [email protected]
22 ޛުލްޤައިދާ 1446
22 މެއި 2025
22 މޭ 2025
ހޯދާ