ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 ރުފިޔާ

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / އިންޖީނިއަރިންގ ޑިޕާޓްމަންޓް (މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށި)

ބޭނުންވާ އަދަދު

02

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ؛ ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،
  3. ޖީސީއީ އޯލެވެލްގެ 3 މާއްދާއިން ދަށްވެގެން "ސ" ފާސް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  5. މައިކްރޯ ސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  6. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  7. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  8. ޑިޕާޓްމެންޓުން އަންގާ ޙާލަތެއްގައި ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މެނޭޖަރ / އިންޖިނިއަރުންގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓައްބޭނުންވާ ސްޓޮކްއަށް ބޭނުންވާ ސްޕެއަރ ޕާޓްސް އަދި ތަކެއްޗަށް ރިކުއެސްޓްކުރުން
  2. ސްޕެއަރ ޕާޓްސް ގޮތުގައި ގެނެވޭ ތަކެތީގެ ތަފްސީލް ލޮގްކޮށް މެއިންޓެއިންކުރުން
  3. ވެހިކަލްތައް މަރާތުކުރުމަށް ކުރެވޭ މަސައްކަތްތައް، ދުވަހުން ދުވަހަށް ލޮގްކޮށް މަންތްލީ ރިޕޯޓް ތައްޔާރުކޮށް ފައިލް ކުރުން
  4. ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން
  5. އިންޖީނިއަރިން ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ރިކޯރޑްސް ބަލަހައްޓައި އެޗް.އާރް ސޮފްޓްވެއަރ އަށް އަޕްޑޭޓްކުރުން
  6. އިންޖީނިއަރިން ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ޚާޒިރީ ކަންތައްތައް ބެލެހެއްޓުމާއި ޚާޒިރުނުވާ މުވައްޒަފުންގެ މައުލޫމާތު ދުވަހުން ދުވަހަށް އެޗް.އާރ އަށް ފޮނުވުން. އަދި ތިލަފުށްޓަށް ޚާޒިރުވެފައި މަސައްކަތުގައި ޝާމިލްވެ ނުއުޅޭ މުވައްޒަފުންގެ މައުލޫމާތު ޑިޕާރޓްމަންޓްގެ އެޑްމިނިސްޓްރޭޓިވް ޔުނިޓްއަށް ފޮނުވުން.
  7. އަހަރު ފެށުމުގެ ކުރިން އިންޖީނިއަރިން ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ލީވް ޕްލޭން ތައްޔާރުކޮށް ލީވް ޕްލޭންއާއި އެއްގޮތަށް ޗުއްޓީގެ ކަންތައްތައް އިންޖިނިއަރ / މެނޭޖަރގެ އިރުޝާދާއި އެއްގޮތައް ހަމަޖައްސައި ދިނުން
  8. ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަނުގެ ހުރިހާ ޑިފާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި، ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ޕްރޮގުރާމްތައް ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  9. މީގެ އިތުރުން، ކުންފުނިން ރާވައި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
  10. އޮފީހުގެ އެހެންނިހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން
  11. މިނޫންވެސް ކޯޕަރޭޝަނުން އަންގާ މަޤާމާއި ގުޅުންހުރި އެންމެހާ މަސައްކަތްތައްކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު އަދި އިމްތިހާން

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.

  1. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 04 މަސްދުވަސް ހަމަނުވާ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2025 މެއި 27 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، ސާފު ރާއްޖެ ބިލްޑިންގ (ގްރައުންޑް ފްލޯރ) ، ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެއަށް ހުށަހެޅުއްވުން، ނުވަތަ [email protected] އަށް މެއިލްކުރެއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން ޖޫން/ޖުލައި މަހުގައިކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

މަތީގައި ބަޔާން ކުރެވިފައިވާ އެޑްރެހަށް ނުވަތަ މެއިލްއަށް ލިބޭ ފޯމްތައް ފިޔަވާ އިތުރު ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.

22 މޭ 2025
ހޯދާ