ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށާއި މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެތި ހޯދުމާގުޅޭ

ކައުންސިލް އިދާރާއަށާއި އިދާރާގެ ދަށުން ބަލަހައްޓަމުން ގެންދާ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް މި އިދާރާއިން ފޯރުކޮށްދޭ ލިސްޓުގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ  ކުރުން

  22 މެއި 2025 އިން 28 މެއި 2025 ވާ ބުދަ ދުވަހުގެ 12:00 އާ ހަމައަށް ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެންނެވެ.

 މަޢުލޫމާތު ދިނުން

 ބީލަމާގުޅިގެން ސާފުކުރަންޖެހޭ މައުލޫމާތެއްވާނަމަ  22 މެއި 2025 އިން 28 މެއި 2025 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް އީމެއިލް ފޮނުވުމުން އެކަމުގެ މައުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މައުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއްނުވެއެވެ.

 ބީލަން ހުށަހެޅުން

04 ޖޫން 2025 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ބީލަންތައް ހުށަހަޅުއްވުން ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ބީލަންތައް ހުށަހެޅުންވުން އެދެމެވެ.  

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

22 މޭ 2025
ހޯދާ