މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދޫއިން އޮޑިހަރުގެ ދޫކުރުމާއިގުޅޭ

އިޢުލާން            

ވާދޫއިން އޮޑިހަރުގެ ދޫކުރުމާއިގުޅޭ

 

ވާދޫއިން އޮޑިހަރުގެ ދޫކުރުމާއިގުޅޭ ގޮތުން 08 މެއި 2025 ގައި ކުރެވުނު ނަންބަރު  (IUL)299/299/2025/23 އިއުލާން ބާތިލްކޮށް ވިޔަފާރި އުސޫލުން ފިޔަވައި، އަމިއްލަ ބޭނުންތަކަށް އޮޑިދޯނިފަހަރު ބަންނަން ބޭނުންވާ ފަރާތްތަކަށް ވަގުތީ ބިން ދޫކުރުމަށްއަލުން ފުރުސަތު ހުޅުވާލަމެވެ.

މިފުރުސަތުގެ ދަށުން ހުޅުވާލުމަށް ކަނޑައެޅިފައިވަނީ 1200 އަކަފޫޓު (40×30)ގެ 2 (ދޭއް) ބިމެކެވެ.

ވީމާ މިބިމަށް އެދި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން 2025 މެއި 22 ވަނަ ދުވަހުން ފެށިގެން 2025 މެއި 26 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު  10:00 އިން 12:00 އަށް) ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓުކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ބިމަށް އެދި އަގު ހުށަހެޅުމަށް 2025 މެއި 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2025 މެއި 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ.

ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ.

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

22 މޭ 2025
ހޯދާ