ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
އިންޑިއާގެ ހައިދަރުއާބާދުގައި ބާއްވާ "ސެކަންޑް ހޮލީޤުރްއާން މެމޮރައިޒޭޝަން ކޮމްޕެޓިޝަން ފޮރ ވިމެން އެންޑް ގާލްސް" އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

       މިއަހަރު އިންޑިއާގެ ހައިދަރުއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސެކަންޑް ހޮލީޤުރްއާން މެމޮރައިޒޭޝަން ކޮމްޕެޓިޝަން ފޮރ ވިމެން އެންޑް ގާލްސް" އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށްވަނީ ލިބިފައެވެ.

1-     މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް:

މި މުބާރާތަކީ ކީރިތި ޤުރްއާން ހިތުދަސް ޙާފިޡާއިންނަށް (ހަމައެކަނި އަންހެނުންނަށް) ޚާއްޞަކުރެވިގެން ބާއްވާ މުބާތެކެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިވާ ފަރާތަކީ ކީރިތި ޤުރްއާން ހިތު ދަސްކޮށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ކިޔައިދީ ސަނަދު ޙާޞިލުކޮށްފައިވާ އަންހެނަކަށް ނުވަތަ އަންހެން ކުއްޖަކަށް ވާންޖެހެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ވަކި ޢުމުރެއް ކަނޑައެޅިފައެއް ނުވެއެވެ.

 

2-     ބައިވެރިވުމުގެ ޢާއްމު ޝަރުޠުތައް:

2.1  - ދިވެހި ރައްޔިތަކަށްވުން.

2.2  - ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށްނުވުން.

2.3  - ކީރިތި ޤުރްއާން ހިތު ދަސްކޮށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ކިޔައިދީ ސަނަދު ޙާޞިލުކޮށްފައިވާ އަންހެނަކަށް ނުވަތަ އަންހެން ކުއްޖަކަށްވުން.

 

3-      މި މުބާރާތުގެ ކިޔެވުން އޮންނާނެ ގޮތް: މުބާރާތުގެ ކިޔެވުން އޮންނާނީ 4 ބުރަކަށެވެ.

3.1-            ފުރަތަމަ އޮންނާނީ އޮންލައިންކޮށް ބާއްވާ ސްކްރީނިންގ ބުރެވެ. މި ބުރުގެ ކިޔެވުން އޮންނާނީ 2025 އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. މިބުރުގައި ސުވާލު އަންނާނީ ކީރިތި ޤުރްއާނުގެ ފުރަތަމަ 15 ފޮތުންނެވެ.

3.2-            އެއަށްފަހު ދެން އޮންނާނީ އޮންލައިންކޮށް ބާއްވާ އެލިމިނޭޝަން ބުރެވެ. މި ބުރުގެ ކިޔެވުން އޮންނާނެ ތާރީޚާއި ވަގުތު މި ބުރަށް ހޮވޭ ބައިވެރިންނަށް މުބާރާތް ބާއްވާ ފަރާތުން އަންގާނެއެވެ. މިބުރުގައި ސުވާލު އަންނާނީ މުޅި ޤުރްއާނުންނެވެ.

3.3-            ސެމީ ފައިނަލް ބުރުގެ ކިޔެވުންވެސް އޮންނާނީ އޮންލައިންކޮށެވެ. އަދި ކިޔެވުން އޮންނާނެ ތާރީޚާއި ވަގުތު ސެމީ ފައިނަލަށް ހޮވޭ ބައިވެރިންނަށް މުބާރާތް ބާއްވާ ފަރާތުން އަންގާނެއެވެ. މިބުރުގައި ސުވާލު އަންނާނީ މުޅި ޤުރްއާނުންނެވެ.

3.4-            ފައިނަލް ބުރުގެ ކިޔެވުން އޮންނާނީ 2025 ނޮވެންބަރު މަހުގެ ތެރޭގައި އިންޑިއާގެ ހައިދަރުއާބާދުގައެވެ. ސެމީ ފައިނަލުން ފައިނަލް ބުރަށް ހޮވާނީ ކޮންމެ ޤައުމަކުންވެސް އެންމެ މޮޅު 2 (ދޭއް) ބައިވެރިންނެވެ.

(ނޯޓް: ފައިނަލަށް ހޮވޭ ދެ ބައިވެރިންނަށް ކޮންމެ ބައިވެރިޔަކާއެކު މަޙްރަމަކު ގެންދިޔުމުގެ ފުރުޞަތު މުބާރާތް ބާއްވާ ފަރާތުން ދެއެވެ. މުބާރާތަށް ހޮވޭ ދެ ބައިވެރިންނާއި އެ ދެ ބައިވެރިންގެ މަޙްރަމުންނަށް ހައިދަރުއާބާދުގެ އެތެރޭގެ ދަތުރުތަކާއި، ހުރުމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައި ދޭނީ މުބާރާތް އިންތިޒާމުކުރާ ފަރާތުންނެވެ. ނަމަވެސް މާލެއިން ހައިދަރުއާބާދަށް ދިޔުމާއި އެނބުރި އައުމުގެ އެއަރ ފެއަރ (ފްލައިޓް ޓިކެޓް) ޚަރަދު ހަމަޖައްސަންޖެހެނީ ބައިވެރިން އަމިއްލައަށެވެ.)

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުމާއެކު 15 ޖޫން 2025 ވާ އާދީއްތަދުވަހުގެ މެންދުރު 12:00 ގެ ކުރިން މި މުބާރާތުގައި ބައިވެރިވުމަށް އެދި ގޫގުލްފޯމު https://forms.gle/NULYMMnoM3MrgHJw5 ފުރުއްވައިކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

ގޫގުލްފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން:ހުރިހާ ލިޔެކިޔުމެއް ގޫގުލްފޯމުގައި އެޓޭޗުކުރަންވާނީ ޕީޑީއެފް (PDF) ފޯމެޓުގައެވެ.

1-      ބައިވެރިވާ ފަރާތުގެ ވަނަވަރު (ސީވީ) – ޕީޑީއެފް ފޯމެޓުގައި.

2-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ – ޕީޑީއެފް ފޯމެޓުގައި.

3-      ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ – ޕީޑީއެފް ފޯމެޓުގައި.

4-      ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ (ޑޭޓާ ޕޭޖު) – ޕީޑީއެފް ފޯމެޓުގައި.

21 މޭ 2025
ހޯދާ