ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ހދ.އަތޮޅު މަދަރުސާގެ 2ބުރި ޢިމާރާތުގެ 2 ކުލާސްރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

       އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

  1. މިމަދަރުސާގެ 2ބުރި ޢިމާރާތުގެ 2 ކުލާސްރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް 05 މެއި 2025ގައިކުރި (ނަންބަރ  (GS-20/IUL/2025/06 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ އަލުން އިޢުލާން ކުރީމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން  2025 މެއި 21 ން 2025 މެއި 27 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. ބިޑް ރަޖިސްޓްރީ ފޯމް ލިންކް:    https://forms.gle/81xFTVL911qpiadW9
  5. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މެއި 28ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
  6. މިމަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2025 މެއި 29ވާ ބުރާސްފަތި ދުވަހުގެ 11:00ގައި  ހދ.އަތޮޅު މަދަރުސާގެ އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ، ވެރިފަރާތުގެ ސިޓީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
  7. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ޖޫން 03 ވާ އަންގާރަ ދުވަހުގެ13:00ގައި ހދ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
  8. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ. އަތޮޅު މަދަރުސާ

ހދ. ވައިކަރަދޫ، ދިވެހިރާއްޖެ

ފޯން: 6520056

އީ-މެއިލް: [email protected]

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 މޭ 2025
ހޯދާ